Friday, May 20, 2016

Literature: ހައްދުންމަތީ ބަހުރުވައިން: އުފަން ރަށްވެހިންނަށް އިލްތިމާސެއް



ހައްދުންމަތީ ބަހުރުވައިންއުފަން ރަށްވެހިންނަށް އިލްތިމާސެއް
02 މެއި 2011

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު









އިނބައިމެންގެ ރަށަކޫ މިޔޯއޭ ބޮނާށޭ،
       އަފައިމެން މިތަން މޮޅަކެރާން ކަންކެރާށޭ!              އިނބައިމެން މުސަޅަ ކުއްދުނަށް ކަންވެވޭޅޭ،
                     ނުބައި ކަންތެކާ ދުރަވެ ހޭކަންކެރާށޭ!އެހެން ރަށްރަށުން އަންނަ މީހުންނަކޫވެސް،
             އަޚުންކަން ބަލައިގެން ޖެހޭޅޭ އެހީވާން
                  ބަހެއް އަދި ބަޔެއްވެސް ނެތޭ ދެރަ ކަލޫނޭ،
                               އަހިން މީ ބޮނަން ހޭ ބަހެއްކަންދެކޭށޭ!ފަށަންވޫއެ ޚިދުމަތްތެކެއް އަދު ކެރާން،
            ރަށަށް އަދި މި އަތޮޅަށް މޮޅަށް ކަންކެރާން
                 ހަށަންބަނދެ ނުހުރެ ކޮޅަކޮޅަށް ދުވެ ހަދާން،
                              ނަށާން އޮޅުމަކޫވެސް "ކަމެއް"ކަން ދެކޭށޭ!މި ދުނިޔޭ އެމީހަކު އޮޅެން އިރު ތެދޭ،
           އެދުނިޔޭގެ ހެވަތަށް ތިމާ ށޭ އެދޭ
                    ނިދުން ގިނަނުކޮށް އަމަލުތެއް ގިނަ އެދެން،
                             ވިދުން ކުރިމަގަށް އަންނަ ކަންތެއް ކެރާށޭ!އެމީހަކު ކެރީ ހޭކަމެއް ވާން އޮތުއްވާ،
           ދެމީހުން ގުޅީގެން ވިޔަސް ވާން އޮތުއްވާ
                    ދެމީ ތަންކޮޅެއްދޫނުކޮށް މުށުތެރޭން،
                            އެކަން ދެމި އޮވެއިތޯ އަބަދުވެސް  އޮޅޭށޭ                    -------------------                       ނިމުނީ








Gallery: އެކި ހަނދާންތައް

Break time  ( BA.L)  @ L. Gan Campus  (06/05/2016)

Break time  ( BA.L)  @ L. Gan Campus  (13/05/2016)

Break time  ( BA.L)  @ L. Gan Campus  (13/05/2016)

1st sem last block; Dinner  ( BA.L)  @ L. Gan Campus  (13/05/2016)

Literature: ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން. . . . . . . "އިނބަ" ގެ ޙަޤީޤަތަކީ ކޮބާ؟

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން. . . . . . . "އިނބަ" ގެ ޙަޤީޤަތަކީ ކޮބާ؟
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު01 ޖޫން 2011


އަޅުގަނޑުމެންގެފަޚުރުވެރި ދިވެހިބަހަކީވެސް އެހެން ބަސްބަހުގެ ޠަބީޢަތާ އެއްގޮތަށް ހެދިބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މިބަހުން ވާހަކަދައްކާމުޖުތަމަޢެއް ދިރިއުޅޭތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެންއެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެޖުޣުރާފީގޮތުން އެ މުޖްތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއިމުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތުބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރުހައިބަހެއްގެވެސް ޠަބީޢަތެވެ. މިދެންނެވި ތަފާތަށް އަދަބިއްޔާތުގެޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ބަހުރުވައެވެ.
ދިވެހިރާއްޖޭގައިވެސް ތަފާތު ބަހުރުވަތައް އެބަ ހުއްޓެވެ. މާލޭ ބަހުރުވެޔާ އަޅައިބަލާއިރުއުތުރުގެ އަތޮޅުތަކަށްވުރެ ދެކުނުގެ އަތޮޅުތަކުގައި ބަހުރުވައިގެ ތަފާތުބޮޑުކަމުގައި ފާހަގަކުރެވެއެވެ. މިއިން ކޮންމެ ބަހުރުވައެއްގައި ވެސް ވަކިޚާއްޞިއްޔަތެއް އޮވެއެވެ. މި ގޮތުން މިއަދު އަޅުގަނޑު މި ބަލައިލަނީހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން "އިނބަ" ގެ މައްޗަށެވެއެ ލަފުޒުގެ ޙަޤީޤަތުގެ މައްޗަށެވެ.
ގިނަ ބޭފުޅުންނަށް ޤަބޫލުފުޅުކުރެވޭ ގޮތުގައި "އިނބަ" އަކީ މާލެ ބަހުރުވައިގައި ބޭނުންކުރާ "ކަލޭ" ގެބަދަލުގައި ހަމަ އެ މާނައިގައި ހައްދުންމަތީ މީހުން ބޭނުންކުރާ ލަފުޒެކެވެނަމަވެސް މިއީ ޙަޤީޤަތެއް ކަމަށް ދެންނެވޭކަށް ނެތެވެ. ޙާޤީޤަތަކީ "އިނބައަކީ މާލޭ ބަހުރުވައިގައި ވެސް ބޭނުންކުރެވުނު އަދި މިހާރުއިހުމާލުކޮށްލުމުގެ ސަބަބުން އެ ބަހުރުވައަށް ފަޤީރުކަމެއް ލިބިފައިވާލަފުޒެއް ކަމެވެ. އަދި  "ކަލޭ" އުފެދިގެންއައީމާފަހުންކަމެވެ. ހަމަމިފަދައިން "އިނބަ" ގެ މަޤާމު "ކަލޭ" އަށް އަދިވެސް ނުލިބޭކަމެވެ.
ކޯފާވެވަޑައިނުގަންނަވާށެވެއަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކަކަށް ބޭނުންފުޅުވާ ނަމަ ކުރީގެލިޔުންތަކަށް ކަޅިއެއް އުއްކަވައިލައްވާށެވެ! މިސާލަކަށް "ޒުހުރުލްކަމާލާތި ފީ އަޙުކާމިލް ޢިބާދާތި" (ބޮޑުތަރުތީބު) ގައި "އިނބަ ބުނާހުށި" މިލަފުޒު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ.
ތަޢައްޞުބުންއެއްކިބާވެވަޑައިގެން ހުސް ހި ތް ޕު ޅަ ކު ން ވިސްނައިވަޑައިގެންފިނަމަ"އިނބަ" އާއި "ކަލޭ" ގެ ތަފާތުތަކެއް ހުރިކަމަށް ގަބޫލުފުޅުކުރެވިދާނެއެވެ. އެއީ އެ ދެ ލަފުޒުބޭނުންކުރެވޭގޮތުގެސަބަބުންނެވެ. "ކަލޭ" އަކީ އިޙުތިރާމް ކުރެވޭ ފަރާތްތަކަށް މުޚާޠަބުކޮށް ބޭނުންކުރަންއެކަށީގެންވާ ލަފުޒެއްނޫނެވެ. އެކަށީގެންނުވާންވީ ކީއްވެގެންތޯ ބަޔަކުސުވާލު ކުރިޔަސް ހަމަގައިމު ވެސް މުޖުތަމައު ޤަބޫލުކުރާނީ މިދެންނެވިގޮތަށް ކަމަށް ތިޔަބޭފުޅުން ވެސް ޤަބޫލުފުޅުކުރައްވާނޫއެވެމިސާލަކަށް މަންމައާއި ބައްޕަގެ މުޚާޠަބުގައި "ކަލޭ" ބޭނުމެއްނުކުރާނެވެއަދި ޓީޗަރެއްފަދަ ތިމާއިޙްތިރާމްކުރާފަރާތަކަށް ވެސް މި ބަދަލު ނަމުންމުޚާޠަބެއް ނުކުރާނެއެވެ. މިފަދަ މަޤާމެއްގައި 'ކަލޭ" ބޭނުންކޮށްފިނަމައެއީ އަދަބުކުޑަވުމުގެ އިންތިހާކަމަށް މުޖުތަމަޢުގެ ކޮންމެ ފަރުދަކު ވެސްދެކޭނެއެވެ. ނަމަވެސް މިޔާ ޚިލާފަށް "އިނބަ" ގެ ބޭނުން ކުރެވެނީ އިނގިރޭސިބަހުގައި "YOU " ބެނުންކުރާ މާނައިގައެވެ. މިސާލަކަށް ހައްދުންމަތީބަހުރުވައިގައި "ހޭއި އަމާ! އިނބަ ނުބޮނަމެއްނޮ، މަ ކެރާންވީކަމެއް؟" މިއީއެއްވެސް ހާލެއްގައި ބޭއަދަބީ ބަހެއްނޫނެވެ. ނަމަވެސް މި ޖުމުލަ މާލޭބަހުން ބޭނުންކުރާއިރު "އިނބަ"ގެ ބަދަލުގައި "ކަލޭ" ބޭނުންކުރުމަކީއަދަބާޚިލާފް ކަމެކެވެ. މިސާލަކަށް: "އޭއި މަންމާ! ކަލޭ ނުބުނަމެއްނު މަކުރާންވީ ކަމެއް؟" މިހެން ސުވާލުކުރުމަކީ ވަރަށް ބޮޑު ބޭއަދަބީ ކަމެކެވެމި ޖުމުލައި ގައި މިއޮތް ބަދަލުނަމުގެ ބަދަލުގައި ވެސް މާލޭ ބަހުރުވައިގައިބޭނުންކުރާނީ "މަންމަ" މި ލަފުޒެވެ. ވީމާ ޢާއްމު އަދަބީ ބަހުރުވައިގައިވާހަކަ ދެކެޥޭ 2 ވަނަ ފަރާތަށް ނިސްބަތްވާ ބަދަލުނަން އުނިވުމްގެ ސަބަބުންބަހުރުވައަށް ފަޤީރުކަން ލިބިފައިވާ ކަމަށް އެބަ ދަލީލު ލިބެއެވެއެހެންކަމުން "ކަލޭ" ގެ ބަދަލުގައި ބޭނުން ކުރާނެ (ދެވަނަ ފަރާތަށްނިސްބަތްވާ) ބަދަލު ނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ވެސް އޮންނާނެކަންއެބަ އެނގެއެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި "އިނބަ" އެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނިސްބަތްކޮށް އަޅުގަނޑުމެންބޭނުންކުރަނީ މާތްކަމުގެ އެއްމެ މަތިވެރި ދަރަޖަކަމަށްވާއިރު ﷲ ތަޢާލާގެޙަޟްރަތާ މުޚާތަބުކޮށް "އިނބަ" ބޭނުންކުރެވޭ ކަމީ "އިނބަ" އާއި "ކަލޭ" ގެތަފާތުތަކެއް ހުރިކަން ސާބިތުވާ ވަރުގަދަ އަނެއް ދަލީލެވެ. "އިނބަސުވާމީންގެ"، އިނބަ ރަސްކަލާންގެ" ފަދަ އިސްމުފުޅު ތަކުގައި އެވާ "އިނބަގެ ބަދަލުގައި ޢާއްމު އަދަބީ ބަހުރުވައިގައި އެވާ 'ކަލޭ" އެއް ބޭނުމެއްނުކުރެވެއެވެ. މިއިން އެނގެނީ "ކަލޭ" އާއި "އިނބަ" ގެ ދަރަޖައިގެ ތަފާތުބޮޑުކަމެވެ   މި ކަންކަމަށް ފުންކޮށް ނަޒަރު ހިންގައިލުމުންދޭހަވެ އެނގެނީ "ކަލޭ" އަކީ މާލޭ ބަހުރުވައިގައި "އިނބަ" ބޭނުން ކުރެވެމުންއައި ދުވަސްވަރު ޤަދަރު ކުޑަކުރުމުގެ ގޮތުން ވަކި ފެންވަރެއްބެ ބަޔަކާމުޚާޠަބު ކުރުމަށްޓަކައި ބޭނުންކުރަން ފެށުނު ލަފުޒެއްކަމަށްވުން ވަރަށްކައިރި ކަމެކެވެ. އަދި "ކަލެ" އަކީ "އިނބަ" ގެ ބަދަލުގައި ތަޢާރުފުވިބަހަކަށް ވީނަމަ "ކަލޭ" އަށް ދިވެހި މުޖުތަމައު ގައި މިހާރު މި އޮތް ދަށްމަޤާމު އެ ލަފުޒަށް ޙައްޤެއް ނުވީސްކަމެވެ   
"
ކަލޭ" އަކީދަށުދަރަޖައިގެ މީހުނާ މުޚާޠަބުކުރުމަށް ބޭނުންކުރަން ފެށުނު ލަފުޒަކަށްވާނަމަ މާތް މީހުންނާއި އެންމެ މާތް މީހުންނާ މުޚާޠަބުކުރުމަށް "ކަލޭފާނު" "ކަލޭގެފާނު" "މަނިއްޕުޅު"، "މަނިކުފާނު"، "ބޭފުޅާ" ފަދަ ކިތަންމެބަދަލުނަމެއް އޭރުގައިވެސް ގެންގުޅޭނެއެވެ. ނަތިޖާއަކަށްވާނީ މާލޭބަހުރުވައިގައި "އިނބަ" އަށް އޮތް މަޤާމު މުޅިން ގެއްލިގެން ދިޔުމެވެ  އެއްވެސްޝައްކެއްނެތް ގޮތުގައި މިއަދު ވެސް އަޅުގަނޑުމެން ޤަބޫލުކުރާން ޖެހޭނެޙަޤީޤަތަކީ އިނގިރޭސިބަހުން ބޭނުންކުރާ “YOU” ގެ ބަދަލުގައި ދިވެހިބަހުގައި"ކަލޭ" ބޭނުން ނުކުރެވޭކަމެވެ. އަދި ހައްދުންމަތީ ބަހުރުވައިގައިބޭނުންކުރާ "އިނބަ" އަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކޮށް ބޭނުންކުރުމަށް މިއަދު ވެސް އެންމެ އެކަށީގެންވާ ބަދަލުނަމެއްކަމެވެކޮންމެއަކަސް ވާހަކަ ދެކެވޭ ދެވަނަ ފަރާތަށް ބޭނުންކުރާނެ އެކަށީގެންވާބަދަލުނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ނެތްކަމުގެ އުނިކަން މިއަދުއަޅުގަނޑުމެން މިގެންދަނީ އިޙުސާސްކުރަމުންނެވެ. ވީމާ "އިނބަ" ގެހަޤީޤަތެއްކަމަށް ދެންނެވެން އޮތީ "އިނބަ" އަކީ މާލޭ ބަހުރުވައިގައިބޭނުންކުރެވެމުން އައި ބަދަލުނަމެކެވެ. އަދި މިއަށް ވުރެ ވެސް ބޮޑުޙަޤީޤަތަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކުރެވޭ ބަދަލުނަމެއްކަމުގައި މުޖުތަމަޢުން "ކަލޭ" ޤަބޫލުނުކުރާކަމެވެ    ވީމާ "އިނބަ" އަށް ކުރީންވެސް ލިބިފައި އޮތް ޙައްޤު މަޤާމު އަލުން އިޢާދަކުރުމަށް ވިސްނުމަކީ ކޮންކަހަލަ ކަމަކަށް ވާނެބާވައެވެ!؟
---------------------ނިމުނީ

Gallery: އެކި ހަނދާންތައް:

: އެކި ހަނދާންތައް

Lanka Trip = "Gampola" (15/12/2014)

Lanka Trip = "Gampola" (15/12/2014)

Lanka Trip = "New Year" (1/1/2015)

Lanka Trip = "New Year" (1/1/2015)


Lanka Trip = "New Year" (1/1/2015)
Lanka Trip = "Gampola" (15/12/2014)


Gallery: އެކި ހަނދާންތައް:

އެކި ހަނދާންތައް:

Picnic Day @ Mundoo (4/11/2015)

Picnic Day @ Mundoo (4/11/2015)


Others; ދިވެހި ރެސިޕީ: އެޕަލް ކޭކް


ރެސިޕީ: އެޕަލް ކޭކް

1466262_877646595605026_3475251099758552611_n
Google Picture











ބޭނުންވާ ތަކެތި:

1 ޕެކެޓް ޔެލޯ ކޭކް މިކްސް
3 ބިސް
1 ދަޅު އާފަލް ޕައި (ފޮތިކޮށްފައި)
3/4 ޖޯޑު ހަކުރު (ބްރައުން)
1 ސަމްސާ ފުށް
1 ސަމްސާ ބަޓަރު
1 ސައިސަމްސާ ފޮނިތޮށި
1 ޖޯޑު ވޯލްނަޓްސް (ކޮށާފައި)


ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ 175 ޑިގްރީއަށް އަވަން ހޫނުކޮށްލުމަށްފަހު  ޓްރޭގައި ތެޔޮ އުނގުޅާލާށެވެ. ކުޑަ ފުށްކޮޅެއް ސްޕްރިންކްލް ކޮށްލާށެވެ. ދެން ކޭކް މިކްސް، ބިސް އަދި ޕައިތައް އެއްކޮށްލާށެވެ. ދެން ޓްރޭގައި ރަނގަޅަށް ފަތުރާލާށެވެ. ދެން އެހެން ތައްޓެއްގައި ހަކުރު، ފުށް، ބަޓަރު، ފޮނިތޮށި އަދި ވޯލްނެޓް ކޮޅު އެއްކޮށްލާށެވެ. ދެން މި މިކްސް ކުރިން ތައްޔާރު ކުރި މިކްސްގެ މައްޗަށް ސްޕްރިންކްލް ކޮށްލާފައި 35-40 މިނެޓް ވަންދެން ފިހެލާށެވެ. ހިހޫ ވަންދެން ބަހައްޓާލަން ވާނެއެވެ.

Others: ޝަރަފުކުރުނީސް

ޝަރަފުކުރުނީސް:
Image
Princess Diana (20/05/2016)

ޕޯލް ހެންސްފޯރޑް
ތަރުޖަމާ: ޙުސައިން ސިރާޖު 
ތިރީގައި މިވަނީ ލޭޑީ ޑައާނާގެ ހަށިގަނޑު ފަރަންސޭސިވިލާތުން އިނގިރޭސިވިލާތަށް ގެންދިޔުމުގައި ބައިވެރިވި އިނގިރޭސި ވައިގެ ސިފައިންގެ މީހަކު ލިޔެފައިވާ އޭނާގެ ހިތުގެ އިޙްސާސް ކަމުގައިވާ ޅެން “ގާޑް އޮފް އޮނަރ” ގެ ތަރުޖަމާއެކެވެ.

The burden I bear is more heavy than lead.The physical weight is a thing that I share, 
but the loss that I feel will not leave my head.Why did you have to die? Why is death so unfair? 
އުފުލަން ޖެހިފައި މިވާ، ހިތާމަ ތިމަރަ އަށްވުރެ ބަރެވެ.
ފުރާނައެއް ނެތް ހަށިގަނޑުުގެ ބަރު އަހަރެން ހިއްސާކުރީމެވެ.
އެކަމަކު ބީވުމުގެ އިޙްސާސް އަހަރެންގެ ސިކުޑިއަކާ ވަތްކެއް ނުވާނެއެވެ.
ތިބާ އަވަހާރަވާންޖެހުނީ ކީއްވެގެންތޯއެވެ؟ 
މަރު އެހާ ނާއިންސާފީ ކީއްވެ ހެއްޔެވެ؟
I am close to you now. Yes, touching my hair
the flag with its lions of gold and of red
that wraps round your coffin. I know you are there.The burden I bear is more heavy than lead.
އަޅުގަނޑު ތިބާޔާވަރަތް އަރިހުގައި ވީމެވެ. އާނއެކެވެ. 
އަޅުގަނޑުގެ އިސްތަށިގަނޑު ބީހޭ ހިސާބުގައެވެ.
ރަތާއި ރަންކު ލައަރާ ސިންގާގެ ދިދަ ވަނީ،
ތިބާގެ ސަންދޯކުގައި އޮޅައިލެވިފައެވެ. 
ސަންދޯކުގައި ވަނީ ކަލާކަން އޅުގަނޑަށް އެނގެއެވެ.
އުފުލަން ޖެހިފައިފައި މިވާ، ހިތާމަ ތިމަރަ އަށްވުރެ ބަރެވެ.

My comrades move with me in slow, solemn tread.Our eyes are all fixed in an unseeing stare.Our shoulders support you in your oaken bed.The physical weight is a thing that I share.
އަޅުގަނޑުގެ އެކުވެރިން މަޑުމޮޅި ކަމާއިއެކު ކުރިއަށް ދިޔައީ ކަރުނަ އަޅަމުންނެވެ.
އަޅުގަނޑުމެންގެ ލޯތައް ހުއްޓިފައިވަނީ ނުފެންނަ އެއްޗަކާއި ދިމާއަށެވެ.
އަޅުގަނޑުމެންގެ ކޮޑުމަތީ، ތިބާގެ ލަކުޑީގެ ދާންއުފުލީމެވެ. 
ފުރާނަ ނެތް ހަށިކޮޅުުުގެ ބަރު އަޅުގަނޑު ހިއްސާކުރީމެވެ.

As I feel the world watching I try not to care.My deepest emotions are best left unsaid.Let others show grief like a garment they wear, 
but the loss that I feel will not leave my head.



މުޅިދުނިޔެ ބަލާކަން އަޅުގަނޑަށް އިޙްސާސް ކުރެވުނެވެ. 
އަޅުގަނޑު އެކަމާ، އަޅައިނުލައިވޭތޯ ބެލީމެވެ. 
އަޅުގަނޑުގެ ފުން ޖަޒުބާތު ވަނީ ރަނގަޅަށް ބަޔާންނުކުރެވި ދޫކޮށްލެވިފައެވެ.
އެހެން މީހުންގެ ހިތާމަ އެ މީހުން ލައިފައިވާ (ކަޅު) ފޭރާންތަކުން ހާމަކުރުމަށްް ދޫކޮށްލަމެވެ.
އެކަމަކު ބީވުމުގެ މި އިޙްސާސް އަޅުގަނޑުގެ ސިކުޑިއަކާ ވަތްކެއް ނުވާނެއެވެ.

The flowers they leave like a carpet are spread, 
in the books of remembrance they have written, ‘Somewhere
a star is extinguished because you are dead.
Why did you have to die? Why is death so unfair? ‘

މީހުން ދޫކޮށްދިޔަ ގުލްދަސްތާތަކުން ތަނުގައި ވަނީ މަލުގެ ދޫލައެއް ފެތުރިފައެވެ.
ހަނދާނުގެ ފޮތުގައި އެމީހުން ލިޔެފައިވަނީ ” ކޮންމެވެެސް ތަނެއްގައި
ތަރިއެއްގެ ފިޔަޖެހުން ހުއްޓިއްޖެއެވެ.” އެއީ ކަލާ އަވަހާރަވުމުންނެވެ.
ތިބާ އަވަހާރަވާން ޖެހިވަޑައިގަތީ ކީއްވެ ތޯވެ؟
މަރު އެހާ ނާއިންސާފީ ކީއްވެ ބާވައެވެ؟ “

The tears that we weep will soon grow more rare, 
the rawness of grief turn to memory instead.
But deep in our hearts you will always be there,
and I ask, will I ever be able to shed
the burden I bear?

އަޅުގަނޑުމެން އޮހޮރި ކަރުނަ ދާނީ ހިކެމުން ދޭތެރެ ދުރުވަމުންނެވެ.
ދެމިގެން މި ދާ ހިތާމަ ބަދަލުވެދާނީ ހަރުލައިފައިވާ ހިތި ހަނދާންތަކެއްގެ ގޮތުގައެވެ. 
އެހެނަސް ތާއަބަދު އޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުގައި ވާނީ ހަމަ ތިބާއެވެ.
އަޅުގަނޑުގެ އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ. 
ދުވަހެއްގައި ވެސް މި ވަރަށް ކަރުނައަޅަން ޖެހޭވަރުގެ، ފުން ހިތާމައެއް އަހަރެންނަށް ދިމާވެދާނެ ބާވައެވެ؟
———————————–