Stories


http://www.kuruvaahaka.com/2013/06/Loaithbaa-Dhurah.html

ލޯތްބާ ދުރަށް



ސުވީތާގެ ކާވެނީގެ ތާރީޚު ކަނޑައަޅަން ގޭ މީހުން ވިސްނަމުންދާތާ ކިތަންމެ ދުވަހެކެވެ.
ދޮންކަނބުލޮ އެހެރީ ބޮޑުވެ ފުރާވަރަށް އަރާފަ.” މަރިޔަންފުޅު ރައްޓެހިން ގާތު ބުނެއެވެ.” އެކަމަކު އޭނާ އަދިވެސް އެ އުޅެނީ ކުޑަކުއްޖެއްހެންއަބަދު ގައިސްއާ އެހާ ގައިގޯޅިކޮށް ނޫޅޭށޭވެސް އަހަރެން މިހާރު ބުނެފިން.”
ދެން ތި ދެމީހުން އަވަހަށް ދެވަންވީނު.”

އަލިމަނިކުވެސް މަގޭގާތު ތިހެން ބުނެފި.” މަރިޔަންފުޅު ބުންޏެވެ. “
އެކަމަކު ރަންދޯދިގޭ ސަކީނާ އެބޭފުޅުންގެ ޝަރަތުއާ އޭނަޔާ ދެވަންވީނޫންހޭވިދާޅުވާވަރުން މިހުންނަނީ ތިކަމާ ދޭތެރޭ ގޮތެއް ނިންމަން ނޭނގިފައަނެއްކޮޅުން ޝަރަތުގެ މާމަޔާ އަހަރެންގެ މާމަ އެއީ ދެބޭން.”
ތިއޮތީ މާރަނގަޅު ގޮތެއްނު.” އެހެން އަންހެނަކު ބުންޏެވެ. “ސަކީނާމެންބޭފުޅުންނަކީ މާލޭގެ ގަދަރުވެރިން. ތަނަވަސްކަމުގެ އަހުލުވެރިން. އަނެއްކާއާއިލީގޮތުން ގުޅިފަ. އަވަހަށް ތިޔަކަންތައް ކުރަން މަށަށް ފެންނަނީއޭރުން އަހަރެމެންނަށްވެސް ބައެއްފަހަރު ރިސޯޓަށް ޖައްސާލެވޭނެއެއްނު؟އަަހަރެން މާލެ އައި އިރު އަހަރެންގެ އުމުރުން ވާނީ ދިހަވަރަކަށް އަހަރެވެއޭރު ސުވީތާގެ އުމުރުންވާނީ ފަސްވަރަކަށް އަހަރެވެ. އަހަރެން އައިތަނުން ސުވީތާއާ އަހަރެން ގުޅިއްޖެއެވެ. ކޮއްކޮ ބޭބެގެ ގުޅުމަކުންނެވެ. އެންމެ ގާތް އެކުވެރިއެއްގެ ގުޅުމުންނެވެ. ބައިވެރިޔެއްގެ ގުޅުމުންނެވެ.އަހަރެމެން ދެކުދިން އެކީގައި ކުޅެ ސަމާސާކޮށް ސަކަރާތް ޖަހަން ހުރިހާވަގުތަކު އެކު އެކީގައި ވަގުތު ހޭދަ ކުރަމުން ގެންދިޔައިމެވެސުވީތާއަކީ އަލިމަނިކާއި މަރިޔަންފުޅުގެ ލޮލުގެ ކޮޔެވެ. ދަރިންތަކެއް ލިބި ދަރިން މަރުވެ ދިއުމަށްފަހު ހުރި ހަމަ އެކަނި ދަރިފުޅެވެ.ސުވީތާ ރޯލާތަން ދެކޭކަށް ނުވަތަ އޭނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް އަންނަތަން ދެކޭކަށް ވެސް އެ ދެމަފިރިންނަކަށް ކުޅަދާނައެއް ނޫނެވެ. އޭނާ ހިނިތުންވެފައިވާ ތަން ފެނިއްޖެނަމަ އެދެމަފިރިން ތިބޭނީ އުފާވެފައެވެއެހެންކަމުން ސުވީތާގެ ރީތި ތުންފަތުން ހިނިތުންވުން ނޫން ސިފައެއް އެކަކަށްވެސް ފެނިފައެއް ނުވެއެވެ.ސުވީތާގެ ރީތި ކަމުގެ އިތުރުން އޭނާ ކިޔެވުމަށް ވެސް އެހާ މޮޅެވެބޮޑުވަމުން ދާވަރަކަށް އޭނާ ދަނީ ރީތިވަމުންނެވެ. މޮޅުވަމުންނެވެބަގީޗާއެއްގައި އުޅޭ ކޮކާލެއްހެން އޭނާ އުފަލާއެކު އުދުހެމުން ދެއެވެފިކުރެއް ޚިޔާލެއް ނެތިއެވެ.ސުވީތާގެ ރައްޓެއްސަކީވެސް ބޭބެއަކީވެސް އަހަންނެވެ. އަހަރެން އައީއްސުރެން ސުވީތާ އުޅެމުންދާ އުފާވެރިކަން ފެނުމުން އޭނާގެ މައިންބަފައިންވެސް އަހަންނާ މެދު ޚާއްސަ ގާތްކަމެއް ބާއްވަން ފަށައިފިއެވެ. އަހަންނަކީ އެމީހުންގެ ހުރި ފިރިހެން ދަރިފުޅު ކަމަށް ބަލައި އަހަންނަށްވެސް ސުވީތާއަށް ދޭ ހުރިހާ ލޯތްބެއް އެމީހުން ދޭން ފަށައިފިއެވެ.ސުވީތާ ކިޔަވަނީ އަމީނިއްޔާއިންނެވެ. އަހަރެން އީޕީއެސް އިންނެވެ. ސްކޫލްނިންމާފައި ފިލާވަޅު ދަސްކުރުމަށާއި އެހެނިހެން ކަންކަމުގައި ދެމީހުން މޭޒުދޮށުގައި އެތައް އިރަކު ތިބެމެވެ. ނިދަން ވަންދެން އެކުގައި ތިބެމެވެއަހަރެމެންގެ މި ގުޅުމާއި ލޯބިވެތިކަން ފެނުމުމުން އަލިމަނިކާއި މަރިޔަންފުޅުގެ ދިރިއުޅުމުގެ ހުރިހާ އުފަލެއް ފުރިހަމަވެފައި ވާހެން ހީވެއެވެ. އެ ދެމަފިރީންގެ ހުރިހާވެސް އުފަލަކީ އަހަރެމެން ދެކުދިން ހިތް އެދޭހާ ކަމެއް ފަހިކޮށް ދިނުމެވެ. އަހަރެމެންގެ ހުރިހާވެސް ކަމަކީކިޔެވުމެވެ. ކިޔަވައިގެން މޮޅު ވުމެވެ. އެނޫން އެދުމެއް އެދެމަފިރިންގެ ނެތެވެ.އެކުއެކީގައި އުފާވެރި ވެއްޓެއްގައި އަހަރެމެން ދެކުދިން ބޮޑުވަމުން ބުއްދި ޖެހި ދުނިޔެއަށް ލޯހުޅުވި ހޭވެރިކަން ވަމުން އައެވެ. ވިޔަސް އަހަރެމެން ދެކުދިންގެ މި ގުޅުމަކަށް މައިންބަފައިންގެ އެއްވެސް ހުރަހެއް ނޯވެއެވެސުވީތާ ކިތަންމެ ގިނަ އިރަކު އަހަރެންގެ ކޮޓަރީގައި އިނަސް، އަދި އަހަރެން ސުވީތާގެ ކޮޓަރީގައި އިނަސް އެއްވެސް މަސްއަލައެއް ނުޖެހެއެވެ. އެއްޗެއް ނުބުނެއެވެ.އަހަރެމެން ދެކުދިންގެ ގްރޭޑް މަތިވަމުން ދިއުމާއި މައުލޫމާތު އިތުރުވަމުން ދިއުމާއި ތަފާތު ފޮތްތައް ކިޔުމުގެ ސަބަބުން ކުރީގައި ނޭނގޭ ކިތަންމެ ކަންތަކެއް އެނގެމުން ދިޔައެވެ. އެހެނަސް އަހަރެމެން ދެކުދިންގެ ދެމެދުގައި އޮންނަނީ ސާފުތާހިރު ގާތްކަމެކެވެ.އެއީ އެންމެ ފަހު އިމްތިހާނުގެ ފަހުން ލިބުނު ޗުއްޓީގެ ފުރަތަމަ ދުވަހެވެއެތައް އަހަރެއް ވަންދެން ހުއްޓާނުލައި ކިޔެވުމުގެ ކަންތަކުގައި އުޅެ އެކަންތަކުން މިނިވަންވި ދުވަހެވެ. އަހަރެން އޮތީ އަވަހަށް ތެދުވާ ގޮތަކަށް ނޫނެވެ. ފިނި ދުވަހެއް ވީމާ ވެސް ބޭނުންވީ އޮވެލާށެވެ. މުޅި ދުވަސް އެއްކޮށް އެހެން ހޭދަކޮށްލާށެވެ.
"ނުނިމޭ"







ސާރިދޯޅުގެ ނަސޭހަތް


އެއްސަރެއްގައި

ދެރަހުމަތްތެރިން:  ދެރަހުމަތެރިން ހިގާލަން ދިޔުން.
ދެރަހުމަތްތެރިން:  މުސްކުޅި ދައިތައަކާ ދިމާވުން،
މުސްކުޅި ދައިތަ:  ހެދުމެއްފަހުމަށް އެދުން،
ދެރަހުމަތްތެރިން:  ހެދުން ފައިދިނުމުން ދައިތައަށް، ބަދަލުގައި ދެވޭނެ އެއްޗަކަށް އެދުން.
މުސްކުޅި ދައިތަ: 12 ގުޅި މާމުތް ދޭނެކަމަށް ބުނުން.
ފަހާމީހާ: އަހަރެން ގެއަށް ގޮސް ދައްތައަށް ހެދުން ފަހައި ދޭނެމެވެ. މިހާރު މާމުތް ހިފައިގެން އަންނާށެވެ.
(މުސްކުޅި ދައިތަ، އެ މީހުންނަށް އިތުބާރުކޮށްފައި މާމުތް ދިނެވެ.)
(މާމުތް ގުޅިތައް ލިބުމުން ދެރަހުމަތްތެރިން ދަތުރަށް ހިގައިގަތެވެ.)
(އިސާހިތަކު ކުޑަ އަވަށް ގަޑަކަށް ދެވުނެވެ. އެ އަވަށުމީހުން ތިބީ އެމީހުންނާ  ދިމާކުރަން އަންނަ ސާރިދޯޅެއްގެ ސަބަބުން ވަރަށް ބިރުގަނެ ދެރަވެފައެވެ.)
(އެ އަވަށުގެ ވެރިޔާ ދެރަހުމަތްތެރިން ގާތު ބުނީ އެރަށުގެ ޖަންގަލި ތެރެއަށް ވަދެހެދުމީ ރައްކާތެރިކަމެއްނޫނެވެ. އެކަމާ ވަރަށް ހިނިއައެވެ.)
ފަހާމީހާ: އެސާރިދޯޅަކަށް އަހަރުމެންނަށް އެއްކަމެއްވެސް ނުކުރެވޭނެ.
މާވަޑި: އަހަރެމެންނަކީ އެކަހަލަ ކިތަންމެ ޖަނަވާރެއް މާރާހަދާފަ ތިބި ބައެއް
( މިވާހަކަތައް އަޑު އެހުމަށް ފަހު)
އަވަށު ކައުންސިލަރު: އެހެންވެއްޖާ ކަލޭމެން އެސާރިދޯޅު މަރާލަދޭންވީނު.
ދެރަހުމަތްތެރިން: ސާރިދޯޅު މަރާލުމުން ކަލޭމެން އަހަރުމެންނަށް ދެވޭނީ ކޮންއެއްޗެއް ހެއްޔެވެ؟
އަވަށު ކައުންސިލަރު: 12 ގަނޑު ރަން ހަދިޔާއެއްގެ ގޮތުގައި ދޭނަމެވެ. އެކަމަކު އެސޮރުގެ ހަންގަނޑު ގެނެސްދޭން ޖެހޭނެއެވެ.
(ކުރީ ފަހަރު މުސްޅި ދައިތަ އަތުން މާމުތް ނެގި ފަދައިން މި އަވަށުމީހުންގެ އަތުންވެސް ރަންތައް ހޯދުމަށް ފަހު ޖަންގަލިތެރެއަށް ވަނެވެ. ސަރިދޯޅުގެ ހަންގަނޑު ހިފައިގެން އަންނާނެ ވަގުތަކަށް ބެލުމަށްޓަކައި އަވަށު މީހުން ނުކުމެތިއްބެވެ.)
(މާދުރަށް ނުދެވިގެން އުޅެނިކޮށް  ވަރަށް ވަރުގަދަ އަޑުފަށް ގަނޑެއް އިވެންފެށިއެވެ. އެއީ އެ އަވަށަށް އުނދަގޫ ކުރާ ބިރުވެރި ސާރިދޯޅެވެ. ހަމަ އެއާ އެކު ކުރިމަތިން ސާރިދޯޅު ފެންނަށް އޮތެވެ.)
(މިސޮރު ފެނުމާއެކު ބިރުން ތެޅިފޮޅިގަތެވެ. ފަހާމީހާ ދުފައި ކައިރީގައި ހުރި ގަހަކަށް އެރިއެވެ. މިއާއެކު މާވަޑިއާ ހޭނެތިގެން ވެއްޓުނެވެ.)
(އެއާއެކު ސާރިދޯޅު މާޑިކައިރިއަށް ގޮސް މާވަޑިޔާގެ ވަސްބަލާހެދިއެވެ. މިތަން ދެކެފައި ގަންބިރުން ފަހާމީހާގެ އަތުގައި އޮތް މާމުތް ގުޅިތައް ވެއްޓުނެވެ. ހަމަ ވެއްޓުމާއެކު ސާރިދޯޅު މާމުތް ބުއިމަށްޓަކައި މާމުތް ގުޅިތައް ކައިރިއަށް އައެވެ.)
(ދެން މަޑުމަޑުން ދެރަހުމަތްތެރިން ސަލާމަތްވުމަށްޓަކައި އަޅައި ދުއްވައިގަތެވެ. ދުރަށް ގޮސް ހަމަޖެހިލުމަށްފަހު، ފަހާ މީހާ އބަ ސުވާލު ކުރެއެވެ.)
ފަހާމީހާ: މާވަދިޔާގެ ކަންފަތް ދޮށުގައި ސާރިދޯޅު ބުނީކީކޭ ހެއްޔެވެ؟
މާވަޑިޔާ: ސާރިދޯޅުބުނީ " ހަންގަނޑު ވިއްކާޅުމުގެ ކުރިން ފުރަތަމަ އަހަރެން ހިފާށެވެ."
މިހެން ބުނުމުން ފަހާމީހާ ހިތައް އެރިއެވެ. އަހަރަމެންނަށް ކަންތައް މިކުރެވުނީ ރަނަގަޅަކަށް ނޫނެވެ.
ދެރަހުމަތްތެރިން:  ހެދުން ފެހުމުގެ ކުރިން މުސްކުޅި ދައިތަ އަތުން މާމުތް ނެގުނުކަން ވަރަށް ދެރައެވެ. އަވަށުމީހުން އަތުން، ސާރިދޯޅު މަރާލުމުގެ ކުރިން ރަންތައް ނެގުނުކަމީވެސް ދެރަކަމެކެވެ.

މިދެރަހުމަތްތެރިންނަށް މި ދިން ނަސޭހަތް ވަރަށް ރަނގަޅަށް އަޑުއަހައި އެ ބަސްކޮޅުން ޢިބްތަތް ލިބިގަތެވެ. އަދި މިއަށް ފަހު މިކަހަލަ ކަމެއް ދުވަހަކުވެސް ނުކުރުމަށް އަޒުމު ކަނޑައެޅިއެވެ.
_______________
ނިމުނީ

No comments:

Post a Comment