Friday, May 20, 2016

Literature: ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން. . . . . . . "އިނބަ" ގެ ޙަޤީޤަތަކީ ކޮބާ؟

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން. . . . . . . "އިނބަ" ގެ ޙަޤީޤަތަކީ ކޮބާ؟
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު01 ޖޫން 2011


އަޅުގަނޑުމެންގެފަޚުރުވެރި ދިވެހިބަހަކީވެސް އެހެން ބަސްބަހުގެ ޠަބީޢަތާ އެއްގޮތަށް ހެދިބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މިބަހުން ވާހަކަދައްކާމުޖުތަމަޢެއް ދިރިއުޅޭތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެންއެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެޖުޣުރާފީގޮތުން އެ މުޖްތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއިމުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތުބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރުހައިބަހެއްގެވެސް ޠަބީޢަތެވެ. މިދެންނެވި ތަފާތަށް އަދަބިއްޔާތުގެޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ބަހުރުވައެވެ.
ދިވެހިރާއްޖޭގައިވެސް ތަފާތު ބަހުރުވަތައް އެބަ ހުއްޓެވެ. މާލޭ ބަހުރުވެޔާ އަޅައިބަލާއިރުއުތުރުގެ އަތޮޅުތަކަށްވުރެ ދެކުނުގެ އަތޮޅުތަކުގައި ބަހުރުވައިގެ ތަފާތުބޮޑުކަމުގައި ފާހަގަކުރެވެއެވެ. މިއިން ކޮންމެ ބަހުރުވައެއްގައި ވެސް ވަކިޚާއްޞިއްޔަތެއް އޮވެއެވެ. މި ގޮތުން މިއަދު އަޅުގަނޑު މި ބަލައިލަނީހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން "އިނބަ" ގެ މައްޗަށެވެއެ ލަފުޒުގެ ޙަޤީޤަތުގެ މައްޗަށެވެ.
ގިނަ ބޭފުޅުންނަށް ޤަބޫލުފުޅުކުރެވޭ ގޮތުގައި "އިނބަ" އަކީ މާލެ ބަހުރުވައިގައި ބޭނުންކުރާ "ކަލޭ" ގެބަދަލުގައި ހަމަ އެ މާނައިގައި ހައްދުންމަތީ މީހުން ބޭނުންކުރާ ލަފުޒެކެވެނަމަވެސް މިއީ ޙަޤީޤަތެއް ކަމަށް ދެންނެވޭކަށް ނެތެވެ. ޙާޤީޤަތަކީ "އިނބައަކީ މާލޭ ބަހުރުވައިގައި ވެސް ބޭނުންކުރެވުނު އަދި މިހާރުއިހުމާލުކޮށްލުމުގެ ސަބަބުން އެ ބަހުރުވައަށް ފަޤީރުކަމެއް ލިބިފައިވާލަފުޒެއް ކަމެވެ. އަދި  "ކަލޭ" އުފެދިގެންއައީމާފަހުންކަމެވެ. ހަމަމިފަދައިން "އިނބަ" ގެ މަޤާމު "ކަލޭ" އަށް އަދިވެސް ނުލިބޭކަމެވެ.
ކޯފާވެވަޑައިނުގަންނަވާށެވެއަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކަކަށް ބޭނުންފުޅުވާ ނަމަ ކުރީގެލިޔުންތަކަށް ކަޅިއެއް އުއްކަވައިލައްވާށެވެ! މިސާލަކަށް "ޒުހުރުލްކަމާލާތި ފީ އަޙުކާމިލް ޢިބާދާތި" (ބޮޑުތަރުތީބު) ގައި "އިނބަ ބުނާހުށި" މިލަފުޒު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ.
ތަޢައްޞުބުންއެއްކިބާވެވަޑައިގެން ހުސް ހި ތް ޕު ޅަ ކު ން ވިސްނައިވަޑައިގެންފިނަމަ"އިނބަ" އާއި "ކަލޭ" ގެ ތަފާތުތަކެއް ހުރިކަމަށް ގަބޫލުފުޅުކުރެވިދާނެއެވެ. އެއީ އެ ދެ ލަފުޒުބޭނުންކުރެވޭގޮތުގެސަބަބުންނެވެ. "ކަލޭ" އަކީ އިޙުތިރާމް ކުރެވޭ ފަރާތްތަކަށް މުޚާޠަބުކޮށް ބޭނުންކުރަންއެކަށީގެންވާ ލަފުޒެއްނޫނެވެ. އެކަށީގެންނުވާންވީ ކީއްވެގެންތޯ ބަޔަކުސުވާލު ކުރިޔަސް ހަމަގައިމު ވެސް މުޖުތަމައު ޤަބޫލުކުރާނީ މިދެންނެވިގޮތަށް ކަމަށް ތިޔަބޭފުޅުން ވެސް ޤަބޫލުފުޅުކުރައްވާނޫއެވެމިސާލަކަށް މަންމައާއި ބައްޕަގެ މުޚާޠަބުގައި "ކަލޭ" ބޭނުމެއްނުކުރާނެވެއަދި ޓީޗަރެއްފަދަ ތިމާއިޙްތިރާމްކުރާފަރާތަކަށް ވެސް މި ބަދަލު ނަމުންމުޚާޠަބެއް ނުކުރާނެއެވެ. މިފަދަ މަޤާމެއްގައި 'ކަލޭ" ބޭނުންކޮށްފިނަމައެއީ އަދަބުކުޑަވުމުގެ އިންތިހާކަމަށް މުޖުތަމަޢުގެ ކޮންމެ ފަރުދަކު ވެސްދެކޭނެއެވެ. ނަމަވެސް މިޔާ ޚިލާފަށް "އިނބަ" ގެ ބޭނުން ކުރެވެނީ އިނގިރޭސިބަހުގައި "YOU " ބެނުންކުރާ މާނައިގައެވެ. މިސާލަކަށް ހައްދުންމަތީބަހުރުވައިގައި "ހޭއި އަމާ! އިނބަ ނުބޮނަމެއްނޮ، މަ ކެރާންވީކަމެއް؟" މިއީއެއްވެސް ހާލެއްގައި ބޭއަދަބީ ބަހެއްނޫނެވެ. ނަމަވެސް މި ޖުމުލަ މާލޭބަހުން ބޭނުންކުރާއިރު "އިނބަ"ގެ ބަދަލުގައި "ކަލޭ" ބޭނުންކުރުމަކީއަދަބާޚިލާފް ކަމެކެވެ. މިސާލަކަށް: "އޭއި މަންމާ! ކަލޭ ނުބުނަމެއްނު މަކުރާންވީ ކަމެއް؟" މިހެން ސުވާލުކުރުމަކީ ވަރަށް ބޮޑު ބޭއަދަބީ ކަމެކެވެމި ޖުމުލައި ގައި މިއޮތް ބަދަލުނަމުގެ ބަދަލުގައި ވެސް މާލޭ ބަހުރުވައިގައިބޭނުންކުރާނީ "މަންމަ" މި ލަފުޒެވެ. ވީމާ ޢާއްމު އަދަބީ ބަހުރުވައިގައިވާހަކަ ދެކެޥޭ 2 ވަނަ ފަރާތަށް ނިސްބަތްވާ ބަދަލުނަން އުނިވުމްގެ ސަބަބުންބަހުރުވައަށް ފަޤީރުކަން ލިބިފައިވާ ކަމަށް އެބަ ދަލީލު ލިބެއެވެއެހެންކަމުން "ކަލޭ" ގެ ބަދަލުގައި ބޭނުން ކުރާނެ (ދެވަނަ ފަރާތަށްނިސްބަތްވާ) ބަދަލު ނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ވެސް އޮންނާނެކަންއެބަ އެނގެއެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި "އިނބަ" އެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނިސްބަތްކޮށް އަޅުގަނޑުމެންބޭނުންކުރަނީ މާތްކަމުގެ އެއްމެ މަތިވެރި ދަރަޖަކަމަށްވާއިރު ﷲ ތަޢާލާގެޙަޟްރަތާ މުޚާތަބުކޮށް "އިނބަ" ބޭނުންކުރެވޭ ކަމީ "އިނބަ" އާއި "ކަލޭ" ގެތަފާތުތަކެއް ހުރިކަން ސާބިތުވާ ވަރުގަދަ އަނެއް ދަލީލެވެ. "އިނބަސުވާމީންގެ"، އިނބަ ރަސްކަލާންގެ" ފަދަ އިސްމުފުޅު ތަކުގައި އެވާ "އިނބަގެ ބަދަލުގައި ޢާއްމު އަދަބީ ބަހުރުވައިގައި އެވާ 'ކަލޭ" އެއް ބޭނުމެއްނުކުރެވެއެވެ. މިއިން އެނގެނީ "ކަލޭ" އާއި "އިނބަ" ގެ ދަރަޖައިގެ ތަފާތުބޮޑުކަމެވެ   މި ކަންކަމަށް ފުންކޮށް ނަޒަރު ހިންގައިލުމުންދޭހަވެ އެނގެނީ "ކަލޭ" އަކީ މާލޭ ބަހުރުވައިގައި "އިނބަ" ބޭނުން ކުރެވެމުންއައި ދުވަސްވަރު ޤަދަރު ކުޑަކުރުމުގެ ގޮތުން ވަކި ފެންވަރެއްބެ ބަޔަކާމުޚާޠަބު ކުރުމަށްޓަކައި ބޭނުންކުރަން ފެށުނު ލަފުޒެއްކަމަށްވުން ވަރަށްކައިރި ކަމެކެވެ. އަދި "ކަލެ" އަކީ "އިނބަ" ގެ ބަދަލުގައި ތަޢާރުފުވިބަހަކަށް ވީނަމަ "ކަލޭ" އަށް ދިވެހި މުޖުތަމައު ގައި މިހާރު މި އޮތް ދަށްމަޤާމު އެ ލަފުޒަށް ޙައްޤެއް ނުވީސްކަމެވެ   
"
ކަލޭ" އަކީދަށުދަރަޖައިގެ މީހުނާ މުޚާޠަބުކުރުމަށް ބޭނުންކުރަން ފެށުނު ލަފުޒަކަށްވާނަމަ މާތް މީހުންނާއި އެންމެ މާތް މީހުންނާ މުޚާޠަބުކުރުމަށް "ކަލޭފާނު" "ކަލޭގެފާނު" "މަނިއްޕުޅު"، "މަނިކުފާނު"، "ބޭފުޅާ" ފަދަ ކިތަންމެބަދަލުނަމެއް އޭރުގައިވެސް ގެންގުޅޭނެއެވެ. ނަތިޖާއަކަށްވާނީ މާލޭބަހުރުވައިގައި "އިނބަ" އަށް އޮތް މަޤާމު މުޅިން ގެއްލިގެން ދިޔުމެވެ  އެއްވެސްޝައްކެއްނެތް ގޮތުގައި މިއަދު ވެސް އަޅުގަނޑުމެން ޤަބޫލުކުރާން ޖެހޭނެޙަޤީޤަތަކީ އިނގިރޭސިބަހުން ބޭނުންކުރާ “YOU” ގެ ބަދަލުގައި ދިވެހިބަހުގައި"ކަލޭ" ބޭނުން ނުކުރެވޭކަމެވެ. އަދި ހައްދުންމަތީ ބަހުރުވައިގައިބޭނުންކުރާ "އިނބަ" އަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކޮށް ބޭނުންކުރުމަށް މިއަދު ވެސް އެންމެ އެކަށީގެންވާ ބަދަލުނަމެއްކަމެވެކޮންމެއަކަސް ވާހަކަ ދެކެވޭ ދެވަނަ ފަރާތަށް ބޭނުންކުރާނެ އެކަށީގެންވާބަދަލުނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ނެތްކަމުގެ އުނިކަން މިއަދުއަޅުގަނޑުމެން މިގެންދަނީ އިޙުސާސްކުރަމުންނެވެ. ވީމާ "އިނބަ" ގެހަޤީޤަތެއްކަމަށް ދެންނެވެން އޮތީ "އިނބަ" އަކީ މާލޭ ބަހުރުވައިގައިބޭނުންކުރެވެމުން އައި ބަދަލުނަމެކެވެ. އަދި މިއަށް ވުރެ ވެސް ބޮޑުޙަޤީޤަތަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކުރެވޭ ބަދަލުނަމެއްކަމުގައި މުޖުތަމަޢުން "ކަލޭ" ޤަބޫލުނުކުރާކަމެވެ    ވީމާ "އިނބަ" އަށް ކުރީންވެސް ލިބިފައި އޮތް ޙައްޤު މަޤާމު އަލުން އިޢާދަކުރުމަށް ވިސްނުމަކީ ކޮންކަހަލަ ކަމަކަށް ވާނެބާވައެވެ!؟
---------------------ނިމުނީ

No comments:

Post a Comment