Literature

ވާހަކައަށް ފާޑުކިޔުން:
Image result for ‫ކުރަނގި މާރަނގަ‬‎
"ކުރަނގި މާރަނގަ"
އަލްފާޟިލް އިބްރާހިމް ޙުސައިން މަނިކު ލިޔުއްވާފައިވާ " ކުރަނގި މާރަނގަ" އަކީ ހަމައެކަނި އުފެއްދުންތެރި ލިޔުމެއް ނޫނެވެ. ޚިޔާލީވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއްވެސް ނޫނެވެ. އެއީ ދުނިޔޭގައި ކަން ހިނގާފައިވާ ގޮތާއި މިހާރުވެސް ހިނގަމުންދާގޮތް އަންގައިދޭ މޮޅެތި ވާހަކަތަކުގެ ތެރެއިން މޮޅު ވާހަކައެކެވެ. ސިފަކުރުންތަކާއިއެކު ދިވެހިބަހުގެ ޤަވާއިދާއި އުޞޫލުތައް ރީތިކޮށް ވަރަށް މޮޅަށް ހިފަހައްޓައިފައި ހުރި ވާހަކައެކެވެ. ކޮންމެ ޒަމާނަކަށްވެސް ފެތޭގޮތަށް ހެދިފައިވާ ވާހަކައަކަށް ވާނެކަށް ކަށަވަރެވެ. މިސަބަބަށްޓަކައި މިވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާގޮތާއި އެސިފަކުރުންތަކުން ވާހަކައަށް ލިބިފައިވާ ފުރިހަމަ ކަމަށް ބަލައިލާނަމެވެ. މިވާހަކައިގެ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ މިވާހަކައަކީ ކުރު ވާހަކައެއް ނަމަވެސް، މި ވާހަކައިގައި ދިވެހި ބަހުގެ ރީތިހަމަތަކާއި، ދުނިޔެވީ އުޞޫލުތައް ދައްކަވައިދެއްވައިފައި ވާލެއް ފުރިހަމަ ކަމެވެ. އެހެންވީމާ،ކުރަނގި މާރަނގައަކީ ދިވެހި ބަހުގެ މޮޅު  ވާހަކައެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ.
ވާހަކައިގެ ރޭވުންގަނޑަށް ބަލައިލާއިރު، މުޅި ވާހަކަ ބިނާވެފައިވަނީ މައިގަނޑު އެއް ހާދިސާއެއްގެ މައްޗަށެވެ. އެއީ މިވާހަކައިގެ މައިގަނޑު ޝަޙްސިއްޔަތު ނުވަތަ މައިގަނޑު ކަރެކްޓަރ ކަމަށްވާ މާލިކު އާއި އޭނާގެ ކޮއްކޮމެން އުޅެމުންއައި އަމިއްލަވަންތަ އުފާވެރި، މިނިވަން ދިރިއުޅުން މާލެ ކަހަލަ ތޮއްޖެހިފައިވާ މާހައުލަކަށް ބަދަލުވުމުން ދިމާވާ އެކިކަހަލަ މައްސަލަތަކެވެ. ކުރަނގި މާރަނގަ ފަދައިން އަމިއްލަ ވަޒަނެއް ނެތް ތަނަކަށް ހިޖުރަކުރުމުން ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ.
ދެންއޮތީ ވާހަކައިގައި ފުލޯ އާއި ޕްލޮޓްއެވެ. ފުލޯއަށް ބަލައިލާއިރު ވާހަކައިގައި ހިނގާފައިވާ ކަންތައްތައް އެއްކަމެއް އަނެއްކަމަކާ ގުޅުވާލައިގެން ގެނެސްދީފައިވާއިރު، ކުދި ހާދިސާތައް އެއް ހާދިސާއާއި އަނެއް ހާދިސާއާއި ގުޅުމާއި، ކުދި ހާދިސާތައް މައިގަނޑު ހާދިސާއާއި ގުޅުމާއިއެކު ހުރިހާ ހާދިސާއެއްގެ ސިފަކުރުންތައް ތަފުސީލްކޮށް ގެނެވިފައިވެއެވެ. ބައްޕަ މާލެގައި ހުރެފައި ރަށަށް އައުމުން މާލިކުއާއި މާހިރު ދެކުދިން ތިބިގޮތް ފެނި ރުޅިއާދެއެވެ. ބައްޕަ ރުޅިއައީ މާލިކުއާއި މާހިރު އާއި ދެކުދިން ފޫގަޅައިގެން ލޮނުވެލިން ދެފައި ހުދުވެ އަތުގައި މަސްފަތި އޮތުމުންނެވެ. ބައްޕަ އަހަރެމެންނާއި ދޭތެރޭގައި ކުރާ އުއްމީދު ވާހަކައިގައި ބުނެފައިނެތަސް ސިފަކުރުމުން އެނގުނެވެ. ބައްޕަ އަހަރެމެން މަސްވެރިންނަށް ވާހަކަށް ބޭނުމެއް ނުވެއެވެ. ބައްޕަ އައީ މާލެ ބަދަލުވުމަށްޓަކައި ކުރަންހުރި ހުރިހާކަމެއް ކޮށްފައި އަހަރެމެން ބަލައެވެ. ބައްޕަވެސް ރަށުގައި އުޅެން ބޭނުންނުވާކަން ބައްޕަގެ ވާހަކައިގެ ސިފަކުރުމުން އެނގިގެންދެއެވެ. ވާހަކައިގެ ނަން ކަމުގައިވާ "ކުރަނގި މާރަނގަ" މިވާހަކައިން ސިފަކޮށްދީފައިވަނީ މާލެގައި އުޅޭ ރަށްރަށުގެ މީހުން ދިރިއުޅޭގޮތާއި، އުޅެމުންދާތައް ކިތަންމެ ދުވަހެއްވިޔަސް އަމިއްލަ ވަޒަނަކަށް ދުވަހަކުވެސް ނުވާނެކަމެވެ. އަމިއްލަ ގެދޮރެއް ނުހުންނާނެއެވެ. ކޮންމެ ދުވަސްވަރެއްގައިވެސް ކޮންމެވެސް ކަމެއް ދިމާވެގެން އަބަދުވެސް އުޅޭތަން ބަދަލުކުރަންޖެހޭނެކަމެވެ. ކުރަނގި މާރަނގައަކީވެސް ވަޒަނެއް ގެދޮރެއް ހުންނަ އެއްޗިއްސެއް ނޫނެވެ. މާލޭގެ ރަށްވެހިން ފިޔަވާ ދެން މާލޭގައި ދިރިއުޅޭ މީހުންގެ މިސާލަކީވެސް ކުރަނގި މާރަނގާ ކަމަށް ވެގެންދެއެވެ. ކުރިން ރޭވުނު ހުރިހާ ކުދި ހާދިސާތަކެއް މައިގަނޑު ހާދިސާއާއި ގުޅިގެންދާއިރު މާލޭއާއި މެދު ކުރިން ވިސްނުނުގޮތް މާލިކުގެ އާއިލާ މާލެއަށް ހިޖުރަކުރެވުނީމަ ސިފަކުރެވި އިޙްސާސްކުރެވިގެންދެއެވެ. މިގޮތަށް ގެނެސްދީފައިވާއިރު ހުރިހާ ކަމެއްވެސް ތަރުތީބުން ފަސޭހައިން ދޭހަވާގޮތަށް ސިފަކޮށް ގެނެސްދީފައިވެއެވެ.
ވާހަކައިގެ ކަރެކްޓަރުން ގެންގުޅުއްވާފައިވަނީ ވާހަކައިގެ އަސްލުކަމަށް ބަލައިގެންނެވެ. މައިގަނޑު ކަރެކްޓަރއަށް ދިމާވާ ކަމެއްގެ ގޮތުގައެވެ. ވާހަކައިގެ ބަޠަލު ކަމުގައިވާ މާލިކުއަށް ދިމާވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށްށެވެ. ވާހަކައިން ސިފަކުރެވޭގޮތުގައި މާލިކަކީ މަޑުމައިތިރި، ހުރިހާ މީހުންނާވެސް ގުޅޭ މިޒާޖެއްގެ ކުއްޖެކެވެ. ވާހަކައިގެ ހާދިސާއަކީ މާލިކަށް ދިމާވާ ކަމަކަށްވާތީ މާލިކުގެ އިޙްސާސްތައް ކިޔާ މީހުންނަށް އެނގި އިޙްސާސްކުރެވޭ މިންވަރުގެ މައްޗަށް ސިފަކޮށްދީގެންނެވެ. އެއީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައިވެސް މިބާވަތުގެ ކަންތައްތައް ހިނގާ އުސޫލާއި އެންމެ ފާޑު އެއްގޮތަށް ސިފަކުރުން ގެނެސްދީފައިވެއެވެ. ވާހަކައިން ފެނިގެންދަނީ ދެކަރެކްޓަރއެވެ. އެއީ ވާހަކައިގެ މައިގަނޑު މައްސަލައިގެ ދެފަރާތުގައި ތިބި ދެކަރެކްޓަރުންނެވެ. މާލިކުއާއި އޭނާގެ ބައްޕައެވެ. އޭގެއިތުރުން ވާހަކަ ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަރެކްޓަރުން ބޭނުންކުރައްވާފައި ވަނީވެސް ހަމަ އެންމެ އެދެވޭ ގޮތުގައި ބޭނުންވާ މިންވަރަށްށެވެ. މިގޮތުން މާލިކުގެ ކޮއްކޮގެ ވާހަކައާއި ރަޙްމަތެރި ހުސޭނުގެ ވާހަކަ އެންމެ އެކަށީގެންވާ ދަނޑިވަޅުގައި ގެނެސްދީ ސިފަކޮށްދީފައިވެއެވެ.
މިވާހަކަޔަކީ ފުރަތަމަ މީހާގެ ނަޒަރުން ކިޔައިދީފައިވާ ވާހަކައެކެވެ. މާލިކުގެ އަމިއްލަ ދިރިއުޅުމާއި އިހްސާސްތައް އެނގި އަމިއްލައަށް އިޙްސާސްކުރެވި ލިޔުއްވާފައިވާ ފަދައެވެ. ވާހަކައިގެ ހާދިސާ ކުރިއަށްދާގޮތް ކިޔާދެއްވާ ސިފަކޮށްދީފައި ވަނީވެސް ދެންވާނެގޮތް ކިޔާމީހާގެ ހިތަށް އަންނާނެފަދަ ޝައުގުވެރިގޮތަކަށެވެ. އިތުރަށް ވާހަކަ ކިޔުމުގެ ޝައުގު އުފައްދާފައެވެ. މިޝައުގުވެރިކަން ވާހަކަ ފެށުނީއްސުރެ ނިމެންދެންވެސް ހިފެހެއްޓިފައި ވާކަމީ ވާހަކައިގެ ސިފަކުރުން ފުރިހަމަވެ އިތުރުވެގެންދިޔަ މައިގަނޑު އެއްސަބަބެވެ.
ވާހަކައިގެ ޕްލޮޓަށް ބަލާލާއިރު މާލިކުގެ އާއިލާއަށް މާލެދެވި މާލޭގައި ދިރިއުޅެން ފެށުމުން ދިމާވާ ކަންތައްތައް ކިޔާމީހާއަށް ހުރެވެނީ މާލޭގައިކަން އިޙްސާސްކުރެވި ސިފަކުރެވިގެންދެއެވެ. ބައްޕަ ސިފަކުރެވޭއިރު ބައްޕަ ހުންނަގޮތް ފެންނަ ފަދައެވެ. ބައްޕަ ދިރިއުޅުމާއި އަހަރެމެން ގޭތެރޭގައި އުޅެންޖެހި ފައިވާގޮތް ފެނި ހާމަވާ ކަހަލައެވެ. ބައްޕައަކީ އަމިއްލަ ގޮތުގައި ހުންނަ މީހެއްކަށް ވާހަކައިން ވަރަށް ރަނގަޅަށް ސިފަވެގެންދެއެވެ. އަހަރެމެން ފޫހިވާތީ އުޅެންފެށުމުން ބައްޕަ ބުނަނީ "އިސާހިތަކު ހޭނިދާނެކަމަށެވެ. ފަހުން ހުރިހާކަމެއްވެސް ރަނގަޅު ވާނެކަމަށެވެ." " ބައްޕަ ލޯއަޅާލިއެވެ. ހޭނުޖެހޭ މޮޔަ ކުއްޖާއެވެ. ގެއަން ވަންނާށެވެ. އެހެންވެސް ބީރައްޓެހިން މިރަށުގައި އުޅޭގޮތަށް އަހަރެމެންނަށްވެސް އުޅެވޭނެއެވެ." އަދި ކޮޓަރިތަކާއި ފާޚާނާ އަދި ބަދިގެ ކުރިގޮތެވެ. އެތަނުގައި އުޅޭނެ ބަޔަކު އުޅޭނެ ހާލު ކިޔާމީހާއަށް އެނގޭނެގޮތަށް ސިފަކޮށްދީފައިވެއެވެ. މުޅި ވާހަކައިގައި ހިނގާ ހުރިހާ ކަންކަމާއި ތަންތަނާއި މީހުން ސިފަކޮށްފައިވަނީ ލޮލަށް އެމަންޒަރު ފެންނަ ފަދައިން ކިޔާމީހާއަށް ސިފަކުރެވޭނެފަދަ ފުރިހަމަ ގޮތަކަށެވެ.
ވާހަކަ ލިޔުއްވާފައިވަނީ ވާހަކައިގައި އުޅޭ މީހުންނަށް ސަމާލުކަންދީގެންނެވެ. މާލިކުއާއި މާލިކުގެ އާއިލާގެ މެމްބަރުންގެ އުޅުމާއި ސިފަތައް ކުރުވާހަކައެއްގައި ގެނެސްދެވޭވަރަށް ދައްކުވައިދެމުންނެވެ. ހަމައެގޮތުން  ރަށުގެ މަންޒަރުތައް ސިފަކޮށްފައިވާ ގޮތުން އެ އާއިލާގެ އުޅުމާއި، މުޅިރަށުގެ ހިތްފަސޭހަކަށް ކުރު ޖުމްލަތަކަކުން ސިފަކުރެވިފައިވެއެވެ. މާލޭގައި އުޅެމުންދިޔަ ދަތިކަންވެސް ސިފަކޮށްދީފައިވެއެވެ. މާލިކުއާއި ކޮއްކޮ ދޫނި ހިފަން އުޅުނުއިރުގައި ޙަރަކާތްތައް ހުރިގޮތްތެވެ. ރަށުގެ ބޯ ޖައްގަލީތެރެއިން ދިޔަގޮތެވެ. މޫދާއި ވާހަކައިގައި އުޅޭ ދޫނިތައްވެސް މިގޮތުން ފުރިހަމައަށް ސިފަކޮށްދީފައިވެއެވެ. ބައްޕަގެ ވާހަކަތަކުން ބޭނުންވާގޮތާއި، އުއްމީދުތަކާއި ބައްޕަގެ ސިފަ ކުރުގޮތަކަށް ގެނެސްދީ ކިޔާމީހުންނަށް ދައްކުވައިދީފައިވެއެވެ. ވާހަކައިން ކިޔާމީހުންގެ ފޫހިނުވެ ޝައުގުކުރުވާފަދަ ގޮތަކަށެވެ. ހަމައެހެންމެ މިވާހަކައިގެ ސިފަކުރުންތައް ގެނެސްފައިވާގޮތުން ޢިބްރަތްތެރި ވާހަކައެއްކަމުގައިވެސް ދަންނަވަންޖެހެއެވެ.
މިވާހަކާގައި ދެކެވޭ ވާހަކައިގެ ގޮތުގައި ސިފަކުރުންތައް މިޒަމާނުގެ ވާހަކަތަކާއި އަޅާބަލާއިރު މަދުކަމުގައިވިޔަސް މުޙިއްމު ޙާލަތްތަކުގައި ދެކެވޭ ވާހަކަ ގެނެވިފައި ހުރިކަން ފާހަގަކުރެވެއެވެ. ވާހަކައިގެ ސިފަކުރުން ގެނެވިފައިވާގޮތުން މިޒަމާނުގެ ވާހަކަތަކާއި މިހާރުގެ ކަންހިނގާގޮތާއި އަޅާބަލާއިރު މިއީ މިހާރުވެސް މިމުޖުތަމަޢުގައި ހިނގާކަންތައްކަމާއި ވާހަކައިން މެސެޖެއް ލިބޭކަން ފާހަގަކުރެވެއެވެ.
މިއީލިޔުންތެރިޔާގެ ހިތުގައި އަމިއްލަ ޚިޔާލަށް އުފެއްދި އުފެއްދުމެއްކަމަށް ޤަބޫލުކުރެވެއެވެ. ސިފަކުރުންތަކުގައި ހިތްގައިމު ރޭވުންގަނޑަކަށް ހާދިސާތަކެއް ހިމަނުއްވާފައިގެން ކިޔާމީހުންނަށް ސިފަކުރެވޭ ވަރަށް ސިފަކުރުން ގެނެސްދީފައިވާ ފުރިހަމަ ވާހަކައެކެވެ. ކުންނާއި ޤަވާއިދުގެގޮތުން ބަލާއިރު ބަހުގެ ހަމަތަކާއި އުޞޫލުތަކަށް ފެތެއެވެ. ވާހަކައިގެވައްޓަފާޅިއާއި ފާޑުވެރިކަމަށް ބަލާއިރު ދިވެހިވަންތަކަށް ގުޅޭ ބަސްކޮށާރެއްސިފަކޮށްދީ ބޭނުންކުރައްވައިފައިވެއެވެ.ވާހަކައިގައި " ތިރިން ފެންނަ އާ ރޯފެހިކަމާ ދުރުން ދަޅަޖަހާ ކަނޑުފަޅުގެ ނޫކަން ދެކެމުންނެވެ. "  " މާކަނޑު ތޮޅިލަމުން ރާޅުގަނޑުމަތިން ފައްސިޔަކޮށްލާ ފުޅަނގިތައް ވަރުހުސްވެގެން ވެއްޓެނީ އެހެންޏާ ކަނޑު ތޮށި މައްޗަށެވެ. " " ޖެހިގެން ހުރި ކުޑަ ދޯއްޔެއްހައި ފާޚާނައެކެވެ. " މިފަދަ ތަފާތު އިބާރާތްތައް ބޭނުންކުރުމުން ސިފަކުރުންތަކުން ވާހަކައަށް އިތުރު ފުރިހަމަކަން ގެނެސްދެއެވެ. އެހެންކަމުން ދަންނަވަންޖެހެނީ ކުރުވާހަކައެއްގެ ނިސްބަތުން ފުރިހަމަ ސިފަކުރުންތަކެއް ގެނެސްދީފައިވާ ވާހަކައެއްކަމުގައެވެ.

--------------------------------------




އުފެއްދުންތެރި ލިޔުން ނުވަތަ “ކްރިއޭޓިވް ރައިޓިންގ”


އުފެއްދުންތެރި ލިޔުމަކީ ކޮބާ؟
އުފެއްދުންތެރި ލިޔުން ނުވަތަ ކްރިއޭޓިވް ރައިޓިންގ އަކީ ތިމާގެ އަމިއްލަ ޚިޔާލަށް އެއްޗެއް ނުވަތަ އެއްޗެތިތަކެއް ލިޔެ އުފެއްދުމެވެ. އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް (އެހެންނަމަވެސް އެއާ ގުޅުންބޮޑު) އޭގެ ކުރިން އެއެއްޗަކާ މެދު ހުށަހަޅައިދެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އުފެއްދުންތެރި ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެކެވެ. އިނގިރޭސިބަހުން ” ކްރިއޭޓިވް” މި ލަފްޒު ބޭނުންކުރެވެނީ އެއްޗެއްގެ ޙަޤީޤަތާއި އަޞްލާ އަރައިރުންނުވާ އެކަމަކު އާދަޔާ ޚިލާފު ގޮތަކަށް ހުށަހަޅައިދެވޭ ޚިޔާލަކަށެވެ.
” ކްރިއޭޓިވް”ގެ މާނައަކީ “ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެސްފައިވާ” އެވެ. އިނގިރޭސިބަހުން ” ކްރިއޭޓިވް” މި ލަފްޒު ބޭނުންކުރެވެނީ ކުރީންވެސް ދެންނެވި ފަދައިން އެއްޗެއްގެ ޙަޤީޤަަތާއި އަޞްލާ އަރައިރުންނުވާ އެހެނަސް އާދަޔާޚިލާފު ގޮތަކަށް ހުށަހަޅައިދެވޭ ޚިޔާލަކަށެވެ. އެހެންކަމުން “ކްރިއޭޓިވް” މި ލަފުޒު ރަމްޒުކޮށްދެނީ އުފެއްދުންތެރި ލިޔުންތެރިކަމަށެވެ. އުފެއްދުންތެރި ލިޔުންތެރިކަމަކީ އިންސާނާގެ އުފެދުމުގައި ހުންނަ ހުނަރެކެވެ.  
ޖާނަލިޒަމް (ނޫސްވެރިކަން) ، ސޯސިއޮލޮޖީ (ޢިޖްތިމާޢިއްޔާތު) އެސޭ (މަޒުމޫނުލިޔުން) މިއީ ހައްތާވެސް ކޮންމެވެސް ހާދިސާއަކާ ގުޅުވައިގެން ލިޔާ އެއްޗިއްސެވެ. މިއާ ޚިލާފަށް އުފެއްދުންތެރި ލިޔުމުގެ މޫތައް ލާމެހިފައިވަނީ އިންސާނާގެ ހިތުގެ އިޙްސާސްތަކާއެވެ. އަދި އެއީ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމެކެވެ.
އިންސާނާގެ ދިރިއުޅުމުގައި ހިތްތަކަށް ކުރާ އަސަރުތަކާއި އިޙްސާސްތައް އެންމެ އެކަށީގެންވާ ގޮތަށް ފުރާނައެޅިގެން އަދަބިއްޔާތުގެ ތެރެއިން ނެރެ ދެއްކުމަކީ، އުފެއްދުންތެރި ލިޔުންތެރިކަމުގައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އުފެއްދުންތެރި ލިޔުންތެރިކަމަކީ ތިމާ ލިޔަން ޖެހިއްޖެ ކޮންމެ ވައްތަރެއްގެ ލިޔުމެއް ވެސް ލިޔުމުގެ ލިޔެލުމުގެ ކުޅަދާނަކަން ލިބިފައިވާ ލިޔުންތެރިކަމެވެ. ފަހަރެއްގައި އެ ލިޔުމެއް ލިޔާއިރު ގެންނަންވީ ތަރުތީބު ރަނގަޅަށް ނޭނގިދާނެ އެވެ. އެކަމަކު ޢިބާރާތްކޮށްލުމަކީ އުދަނގޫ ކަމަކަށްނުވާނެ އެވެ.
އުފެއްދުންތެރި ލިޔުމާއި އެހެނިހެން ލިޔުމާ ހުރި ތަފާތު
އުފެއްދުންތެރި ލިޔުމަކީ އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް އެހެންނަމަވެސް އެއާ ގުޅުން ބޮޑު އެހެނަސް އޭގެކުރިން އެ އެއްޗަކާ މެދު ހުށަހަޅާދެވިފައި ނުވާ ފަދަ އާދަޔާޚިލާފް އުފެއްދުންތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެއް ކަމުގައި ކުރިންވެސް ދަންނަވައިފީމު އެވެ. މިފަދަ ލިޔުންތައް ޓެކްނިކަލް ގޮތުން (އެއިން ސީދާ ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެވޭ ލިޔުންތައް) ވަރަށް ތަފާތެވެ. ކިޔާ ކޮންމެ ޢުމުރުފުރައެއްގެ މީހަކަށް ވެސް އޭގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކުރެވޭ، (ލިޔުންތެރިޔާ ހުޅުވާލަދީފައިވާ) މަޢުޟޫޢާ މެދު އެ ކިޔާ މީހެއްގެ އަމިއްލަ ނިންމުމެއް ނިންމުމުގެ ފުރުޞަތު މިފަދަ ލިޔުންތަކުން ލިބެއެވެ. މިސާލަކަށް ހަވާސާއެއްގެ ތެރޭގައި ލިޔާ ލިޔުންތަކާއި، ކަމެއް ތަޙުލީލުކުރުމަށްފަހު ލިބޭ ނަތީޖާއެއްގެ މައްޗަށް ލިޔެވޭ ލިޔުންތަކާ ތަފާތު ސިފަތަކެއް ހިމަނައިގެން ނުވަތަ ޝަޚުސިއްޔަތުތަކެއް ހިމަނައިގެން ލިއެވޭ ލިޔުންތަކާއި މިހުރިހާ ބާވަތެއްގެ ލިޔުންތައް ވެސް ކްރިއޭޓިވް ރައިޓްންގެ ތެރޭގައި ހިމެނިދާނެ އެވެ.
މި ދެންނެވިި ފަދަ ލިޔުންތައް ޓެކްނިކަލް ލިޔުންތަކާއި ޚާއްޞަ ދާއިރާތަކުން ތަމްރީނުވެގެން ނުވަތަ މަޢުލޫމާތު ހޯދައިގެން ލިޔެވޭ ޕްރޮފެޝަނަލް ލިޔުންތަކާއި ނޫސްވެރިކަމުގައި ބޭނުންކުރާ ބާވަތުގެ ލިޔުންތައް ” ކްރިއޭޓިވް” ލިޔުމާ ވަރަށް ވަރަށް ތަފާތެވެ. ނަމަވެސް މި ދެންނެވުނު ޕްރޮފެޝަނަލްގެ މާނަ ވަރަށް ގިނަ ގޮތްގޮތައް ނެގިދާނެއެވެ. ސަބަބަކީ ވާހަކައެއް ލިޔާ މީހަކު، ދިރިހުރި މީހަކާ ނުވަތަ އެކަމާ ބެހޭގޮތުން ލިޔާ ކަމުގައި ވިޔަސް ކޮންމެ ޚިޔާލީ ވާހަކަ އަކީ ވެސް އޭގެ ޒާތުގައި އުފެއްދުންތެރި ލިޔުމުގެ ތެރޭގައި ހިމެނިދާނެ ލިޔުމެކެވެ.
އުފެއްދުންތެރި ލިޔުމެއްލިޔާނީ ކިހިނެއް ؟
އުފެއްދުންތެރި ޚިޔާލު ނުވަތަ އުފެއްދުންތެރި ލިޔުމަކީ ޚިޔާލުކުރުމުގެ މިނިވަންކަމުގެތެރެއިން އުފެދިގެން އަންނަ ލިޔުންތެރިކަމެކެވެ. ކޮންމެކަމަކާ ގުޅިގެން ނަމަވެސް ތިމާ އަމިއްލައަށް ލިޔުމެއް ލިޔަން އެނގުމަކީ އުފެއްދުންތެރި ޚިޔާލުގެ މައިގަނޑު އެއް ކަންތަކެވެ. މިސާލަކަށް މިވެނި ވައްތަރެއްގެ ލިޔުމެއް ލިޔާށޭ ބުނުމުން އިތުރު ސުވާލެއް ނެތި އަމިއްލައަށް އެ ލިޔުމެއް ލިޔަން އެނގުމަކީ ލިޔުންތެރިކަމުގެ ހުނަރުވެރިކަން ގެންދަން ބޭނުންވާ ފެންވަރުކަމަށް ވަނީ ނަމަ، އުފެއްދުންތެރި ލިޔުން ލިޔުމަށް ތަރުޙީބުދީ އިސްކަންދިނުން ވަރަށް މުހިއްމެވެ.
ޢިބާރާތެއް ލިޔާއިރު އަޑުއަހާ މީހާއަށް ވިސްނޭ ގޮތަށް ތިމާ ބުނަން ބޭނުންވާ އެއްޗެއް އޭގެ އަސަރާއެކު ނަގައިގަނެވޭ ގޮތަށް ޖުމްލަތައް ޢިބާރާތް ކުރަންވާނެ އެވެ. އަދި ބުނަން ބޭނުން ނުވާ އެއްވެސް ވާހަކައެއް ހިމަނައިގެންނުވާނެ އެވެ.
އެހެން މީހުން ކިޔާހިތްވާ އަދި މޮޅު އުފެއްދުންތެރި ލިޔުމެއް ލިޔެވޭނީ ލިޔުންތެރިޔާ އަށް އެނގޭ ނުވަތަ ތަޖުރިބާކުރެވިފައިވާ ކަމަކުންނެވެ. މިސާލަކަށް ހިތްދަތިކަމުގެ ތަޖުރިބާ ކުރެވިފައިވާ މީހަކު ލިޔާ އެއްޗަކާ އެ ކަން ތަޖުރިބާ ކުރެވިފައި ނުވާ މީހާ ލިޔާ އެއްޗަކާ ވަރަށް ބޮޑަށް ތަފާތުވާނެ އެވެ.
އުފެއްދުންތެރި ލިޔުމުގެ ތެރޭގައި ހިމެނޭ ބާވަތްތައް
ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލާއި ވިސްނުން އޭގެ މައްޗަށް ބިނާކޮށްގެން ލިޔާ އަދަބީ ކޮންމެ ލިޔުމެއް އުފެއްދުންތެރި ލިޔުމުގެ ތެރޭގައި ހިމެނެއެވެ. މި ފަދަ ލިޔުންތަކުގެ ތެރޭގައި މި ދަންނަވާ ބާވަތްބާވަތުގެ ލިޔުންތައް ހިމެނިދާނެ އެވެ.  އެއީ:
•    ޅެން/ ފަރިހި
•    ލަވަ
•    ފިލްމުތަކަށް ލިޔެވޭ ސްކްރީން ލިޔުން ނުވަތަ ސްކްރިޕްޓް
•    ސްޓޭޖް ނުވަތަ ސްކްރީނަށް ލިޔެވޭ ޑްރާމާ ތަމްސީލުތައް
•    ތަމްސީލް ( އިސްޓޭޖް ތަމްސީލް، ރޭޑިއޯ ތަމްސީލް، ޓީވީ ތަމްސީލް ) ހިމެނެއެވެ.
•    މީހެއްގެ ވަނަވަރު ހާމަކޮށްދިނުމަށް ލިޔެވޭ އޮޓޯބައެގްރަފީ
•     ކްރިއޭޓިވް ނޮންފިކްޝަން (ޙަޤީޤީ މަޢުލޫމާތު) ނުވަތަ އުފެއްދުންތެރި ޚިޔާލީ ވާހަކަ (ފިކްޝަން)
•    ނޮންފިކްޝަން ނުވަތަ ހެތްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ލިޔާ ޙަޤީގީ ލިޔުންތަކާއި ވާހަކަތައް
އުފެއްދުންތެރި ލިޔުމެއް ލިޔާއިރު ވިސްނާންޖެހޭ ކަންތައްތައް
އުފެއްދުންތެރި ކޮންމެ ލިޔުމެއްގައި ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލާއި ވިސްނުމަށް ބޭނުންވާ ފަދަ ގޮތްގޮތައް އޭގައި ހިމެނޭ ލަފުޒުތައް އާ ގޮތްތައް ބޭނުންކޮށްހަދައެވެ. އެހެންނަމަވެސް މިފަދަ ލިޔުންތެރިކަމުގައި ވީހައިވެސް ސާދާ ގޮތް ބޭނުންކޮށްގެން އަމިއްލަ ގޮތަށް ލިޔުމަކީ މުހިއްމު ކަމެކެވެ. އެއްވެސް ޙާލެއްގައި އެއްވެސް މީހެއްގެ ލިޔުމެއް ކޮޕީ ނުކުރުމާއި، ބޭނުންވާ ކޮންމެ ވާހަކައެއް ތެދު ބަހުން ބުނުމާއި، ދިގު ލަފުޒު ބޭނުން ނުކުރުމާއި، ބޭނުންކުރެވިދާނެ އާދައިގެ ލަފުޒުތައް ހުއްޓައި އޮޅުންބޮޅުން ހުންނަ ލަފްޒުތައް ބޭނުން ނުކުރުމާއި، ނަންއިތުރާއި ކަންއިތުރު އަދި މަޖާޒާއި، މިސާލާއި ވައްބަސް ގިނައިން ބޭނުންކޮށްގެންނުވާނެ އެވެ. އަދި ލަފުޒުތައް ގޮށްޖަހަމުން ނުލިޔެ، ލިޔާ ކޮންމެ ލަފުޒެއްވެސް ވަކިވަކިން ލިޔުމަށް ސަމާލުކަން ދޭންވާނެ އެވެ.
އެއްޗަކާ ބެހޭގޮތުން ލިޔާނަމަ (މިސާލަކަށް ޖޯޑަކާ ބެހޭގޮތުން ލިޔާނަމަ) އެ ޖޯޑު ސިފަކުރާ އިރު ސިފަކުރަންޖެހެނީ އެއާ ދޭތެރޭ ތިމާ ދެކޭގޮތެވެ. ދެކޭގޮތް ލިޔާއިރު ލިޔަންވީ އެއެއްޗަކާ ބެހޭގޮތުން ތިމާއަށް ކުރާ އިޙްސާސްތަކެވެ.
މީހަކާ ބެހޭގޮތުން ލިޔާނަމަ އެމީހާގެ އަޞްލު ކިޔައިދޭން ޖެހޭނީ އެހެން އެއްޗެއް ސިފަކޮށްދީގެންނެވެ. (މިސާލަކަށް ދިގު މީހެއް ސިފަކުރާނަމަ ދިގުއެއްޗެއް ސިފަކުރުމާއި، ބުޅިބޮލެއް ނަމަ އެއާއި އެއްސިފަވާ އެހެންއެއްޗެއް ބޭނުންކޮށްގެންލިޔާށެވެ. އެމީހެއްގެ ބޮލުންފެށިގެން ފައިގެ ނިޔަފައްޗާއި ހަމައަށް ވެސް މިދެންނެވި ގޮތްތައް ބޭނުންކޮށްގެން ލިޔެވިދާނެއެވެ.) އެއީ އުފެއްދުންތެރި ލިޔުމެއް ލިޔާ މީހެއްގެ ގައިގައި ހުންނަންޖެހޭ ސިފައެކެވެ.
ލިޔުންތެރިކަމުގެ ފަންނުގެ ތެރެއަށް ވަނުމަށް ފުރަތަމަ އުފެއްދުންތެރިކަމުގެ ލިޔުންތައް ގިނައިން ލިޔަންވާނެ އެވެ. މިފަދަ ލިޔުންތައް ގިނައިން ލިޔުމުން އެކި ބާވަތުގެ އަދަބީ ލިޔުންތައް ރީތިކޮށް ޢިބާރާތްކުރެވޭނެ އެވެ. އެހެންކަމުން މި ބާވަތުގެ ލިޔުން އެހެނިހެން ލިޔުންތަކާ ބަހުސްކުރާނެއެވެ.
ލިޔުންތެރިކަމުގެ ކޮންމެ ބާވަތެއްގެ ލިޔުމެއް ލިޔާކަމުގައިވިޔަސް ވިސްނައިލާންޖެހޭ 3 ކަމެއް އޮވެއެވެ. އެއީ:
•    ބޭނުންވާ ކަންތައް ލިޔުމަކުން ހުށަހަޅާނީ ކިހިނެއްތޯ ބެލުން
•    ކިޔާމީހާ ރުހޭފަދަ ޝައުގުވެރިވާ ފަދަ ގޮތަކަށް ލިޔާނީ ކިހިނެއްތޯ ބެލުން
•    ބުނަން ބޭނުންވާ އެއްޗެއް އޮޅުންނާރާނެ ގޮތަށް ސާފުކޮށް ބުނާނީ ކިހިނެއްތޯ ބެލުން
އުފެއްދުންތެރި ލިޔުންތެރިކަން ޙާޞިލްވުމަކީ ކޮބާ؟
ތިމާގެ ޚިޔާލާއި ވިސްނުމުގައި ހުންނަ އެއްޗެއް، ލިޔުމެއްގެ ސިފައިގައި ހުށަހަޅައިލެވިއްޖެ ނަމަ އެ ލިޔުމެއް ލިޔެފައިވަނީ އަތުރަންވީ އެންމެ ރަނގަޅު ގޮތަށް ކަމުގައި ނުވި ނަމަވެސް އުފެއްދުންތެރި ލިޔުންތެރިކަމުގެ ވަރަށް ބޮޑު ބައެއް އެ އޮތީ ފުރިހަމަ ކުރެވިފައެވެ. މިސާލަކަށް އިޝްތިހާރެއް ލިޔެލަން ޖެހުނު ނަމަވެސް ކާން ބޭނުންކުރާ އެއްޗެއްގެ ބޭރުގައި ލިޔެލާނެ ލޭބަލެއް ލިޔެލަން ޖެހުނަސް ހުއްޓުންއެރުމެއް ނެތި ލިޔުމުގެ ކުޅަދާނަކަން ލިބިިފައި ހުރުމަކީ އުފެއްދުންތެރި ލިޔުންތެރިކަން ލިބިފައި ހުރުމެވެ.
————————–






ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން. . . . . . . "އިނބަ" ގެ ޙަޤީޤަތަކީ ކޮބާ؟
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު01 ޖޫން 2011


އަޅުގަނޑުމެންގެފަޚުރުވެރި ދިވެހިބަހަކީވެސް އެހެން ބަސްބަހުގެ ޠަބީޢަތާ އެއްގޮތަށް ހެދިބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މިބަހުން ވާހަކަދައްކާމުޖުތަމަޢެއް ދިރިއުޅޭތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެންއެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެ. ޖުޣުރާފީގޮތުން އެ މުޖްތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއިމުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތުބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރުހައިބަހެއްގެވެސް ޠަބީޢަތެވެ. މިދެންނެވި ތަފާތަށް އަދަބިއްޔާތުގެޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ބަހުރުވައެވެ.

ދިވެހިރާއްޖޭގައިވެސް ތަފާތު ބަހުރުވަތައް އެބަ ހުއްޓެވެ. މާލޭ ބަހުރުވެޔާ އަޅައިބަލާއިރުއުތުރުގެ އަތޮޅުތަކަށްވުރެ ދެކުނުގެ އަތޮޅުތަކުގައި ބަހުރުވައިގެ ތަފާތުބޮޑުކަމުގައި ފާހަގަކުރެވެއެވެ. މިއިން ކޮންމެ ބަހުރުވައެއްގައި ވެސް ވަކިޚާއްޞިއްޔަތެއް އޮވެއެވެ. މި ގޮތުން މިއަދު އަޅުގަނޑު މި ބަލައިލަނީހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން "އިނބަ" ގެ މައްޗަށެވެ. އެ ލަފުޒުގެ ޙަޤީޤަތުގެ މައްޗަށެވެ.

ގިނަ ބޭފުޅުންނަށް ޤަބޫލުފުޅުކުރެވޭ ގޮތުގައި "އިނބަ" އަކީ މާލެ ބަހުރުވައިގައި ބޭނުންކުރާ "ކަލޭ" ގެބަދަލުގައި ހަމަ އެ މާނައިގައި ހައްދުންމަތީ މީހުން ބޭނުންކުރާ ލަފުޒެކެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ކަމަށް ދެންނެވޭކަށް ނެތެވެ. ޙާޤީޤަތަކީ "އިނބަ" އަކީ މާލޭ ބަހުރުވައިގައި ވެސް ބޭނުންކުރެވުނު އަދި މިހާރުއިހުމާލުކޮށްލުމުގެ ސަބަބުން އެ ބަހުރުވައަށް ފަޤީރުކަމެއް ލިބިފައިވާލަފުޒެއް ކަމެވެ. އަދި  "ކަލޭ" އުފެދިގެންއައީމާފަހުންކަމެވެ. ހަމަމިފަދައިން "އިނބަ" ގެ މަޤާމު "ކަލޭ" އަށް އަދިވެސް ނުލިބޭކަމެވެ.

ކޯފާވެވަޑައިނުގަންނަވާށެވެ! އަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކަކަށް ބޭނުންފުޅުވާ ނަމަ ކުރީގެލިޔުންތަކަށް ކަޅިއެއް އުއްކަވައިލައްވާށެވެ! މިސާލަކަށް "ޒުހުރުލްކަމާލާތި ފީ އަޙުކާމިލް ޢިބާދާތި" (ބޮޑުތަރުތީބު) ގައި "އިނބަ ބުނާހުށި" މިލަފުޒު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ.

ތަޢައްޞުބުންއެއްކިބާވެވަޑައިގެން ހުސް ހި ތް ޕު ޅަ ކު ން ވިސްނައިވަޑައިގެންފިނަމަ"އިނބަ" އާއި "ކަލޭ" ގެ ތަފާތުތަކެއް ހުރިކަމަށް ގަބޫލުފުޅުކުރެވިދާނެއެވެ. އެއީ އެ ދެ ލަފުޒުބޭނުންކުރެވޭގޮތުގެސަބަބުންނެވެ. "ކަލޭ" އަކީ އިޙުތިރާމް ކުރެވޭ ފަރާތްތަކަށް މުޚާޠަބުކޮށް ބޭނުންކުރަންއެކަށީގެންވާ ލަފުޒެއްނޫނެވެ. އެކަށީގެންނުވާންވީ ކީއްވެގެންތޯ ބަޔަކުސުވާލު ކުރިޔަސް ހަމަގައިމު ވެސް މުޖުތަމައު ޤަބޫލުކުރާނީ މިދެންނެވިގޮތަށް ކަމަށް ތިޔަބޭފުޅުން ވެސް ޤަބޫލުފުޅުކުރައްވާނޫއެވެ. މިސާލަކަށް މަންމައާއި ބައްޕަގެ މުޚާޠަބުގައި "ކަލޭ" ބޭނުމެއްނުކުރާނެވެ. އަދި ޓީޗަރެއްފަދަ ތިމާއިޙްތިރާމްކުރާފަރާތަކަށް ވެސް މި ބަދަލު ނަމުންމުޚާޠަބެއް ނުކުރާނެއެވެ. މިފަދަ މަޤާމެއްގައި 'ކަލޭ" ބޭނުންކޮށްފިނަމައެއީ އަދަބުކުޑަވުމުގެ އިންތިހާކަމަށް މުޖުތަމަޢުގެ ކޮންމެ ފަރުދަކު ވެސްދެކޭނެއެވެ. ނަމަވެސް މިޔާ ޚިލާފަށް "އިނބަ" ގެ ބޭނުން ކުރެވެނީ އިނގިރޭސިބަހުގައި "YOU " ބެނުންކުރާ މާނައިގައެވެ. މިސާލަކަށް ހައްދުންމަތީބަހުރުވައިގައި "ހޭއި އަމާ! އިނބަ ނުބޮނަމެއްނޮ، މަ ކެރާންވީކަމެއް؟" މިއީއެއްވެސް ހާލެއްގައި ބޭއަދަބީ ބަހެއްނޫނެވެ. ނަމަވެސް މި ޖުމުލަ މާލޭބަހުން ބޭނުންކުރާއިރު "އިނބަ"ގެ ބަދަލުގައި "ކަލޭ" ބޭނުންކުރުމަކީއަދަބާޚިލާފް ކަމެކެވެ. މިސާލަކަށް: "އޭއި މަންމާ! ކަލޭ ނުބުނަމެއްނު މަކުރާންވީ ކަމެއް؟" މިހެން ސުވާލުކުރުމަކީ ވަރަށް ބޮޑު ބޭއަދަބީ ކަމެކެވެ. މި ޖުމުލައި ގައި މިއޮތް ބަދަލުނަމުގެ ބަދަލުގައި ވެސް މާލޭ ބަހުރުވައިގައިބޭނުންކުރާނީ "މަންމަ" މި ލަފުޒެވެ. ވީމާ ޢާއްމު އަދަބީ ބަހުރުވައިގައިވާހަކަ ދެކެޥޭ 2 ވަނަ ފަރާތަށް ނިސްބަތްވާ ބަދަލުނަން އުނިވުމްގެ ސަބަބުންބަހުރުވައަށް ފަޤީރުކަން ލިބިފައިވާ ކަމަށް އެބަ ދަލީލު ލިބެއެވެ. އެހެންކަމުން "ކަލޭ" ގެ ބަދަލުގައި ބޭނުން ކުރާނެ (ދެވަނަ ފަރާތަށްނިސްބަތްވާ) ބަދަލު ނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ވެސް އޮންނާނެކަންއެބަ އެނގެއެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި "އިނބަ" އެވެ.

ސުބްޙާނަހޫ ވަތަޢާލާއަށް ނިސްބަތްކޮށް އަޅުގަނޑުމެންބޭނުންކުރަނީ މާތްކަމުގެ އެއްމެ މަތިވެރި ދަރަޖަކަމަށްވާއިރު ﷲ ތަޢާލާގެޙަޟްރަތާ މުޚާތަބުކޮށް "އިނބަ" ބޭނުންކުރެވޭ ކަމީ "އިނބަ" އާއި "ކަލޭ" ގެތަފާތުތަކެއް ހުރިކަން ސާބިތުވާ ވަރުގަދަ އަނެއް ދަލީލެވެ. "އިނބަސުވާމީންގެ"، އިނބަ ރަސްކަލާންގެ" ފަދަ އިސްމުފުޅު ތަކުގައި އެވާ "އިނބަ" ގެ ބަދަލުގައި ޢާއްމު އަދަބީ ބަހުރުވައިގައި އެވާ 'ކަލޭ" އެއް ބޭނުމެއްނުކުރެވެއެވެ. މިއިން އެނގެނީ "ކަލޭ" އާއި "އިނބަ" ގެ ދަރަޖައިގެ ތަފާތުބޮޑުކަމެވެ.
  
މި ކަންކަމަށް ފުންކޮށް ނަޒަރު ހިންގައިލުމުންދޭހަވެ އެނގެނީ "ކަލޭ" އަކީ މާލޭ ބަހުރުވައިގައި "އިނބަ" ބޭނުން ކުރެވެމުންއައި ދުވަސްވަރު ޤަދަރު ކުޑަކުރުމުގެ ގޮތުން ވަކި ފެންވަރެއްބެ ބަޔަކާމުޚާޠަބު ކުރުމަށްޓަކައި ބޭނުންކުރަން ފެށުނު ލަފުޒެއްކަމަށްވުން ވަރަށްކައިރި ކަމެކެވެ. އަދި "ކަލެ" އަކީ "އިނބަ" ގެ ބަދަލުގައި ތަޢާރުފުވިބަހަކަށް ވީނަމަ "ކަލޭ" އަށް ދިވެހި މުޖުތަމައު ގައި މިހާރު މި އޮތް ދަށްމަޤާމު އެ ލަފުޒަށް ޙައްޤެއް ނުވީސްކަމެވެ.
   
"
ކަލޭ" އަކީދަށުދަރަޖައިގެ މީހުނާ މުޚާޠަބުކުރުމަށް ބޭނުންކުރަން ފެށުނު ލަފުޒަކަށްވާނަމަ މާތް މީހުންނާއި އެންމެ މާތް މީހުންނާ މުޚާޠަބުކުރުމަށް "ކަލޭފާނު" "ކަލޭގެފާނު" "މަނިއްޕުޅު"، "މަނިކުފާނު"، "ބޭފުޅާ" ފަދަ ކިތަންމެބަދަލުނަމެއް އޭރުގައިވެސް ގެންގުޅޭނެއެވެ. ނަތިޖާއަކަށްވާނީ މާލޭބަހުރުވައިގައި "އިނބަ" އަށް އޮތް މަޤާމު މުޅިން ގެއްލިގެން ދިޔުމެވެ.
 
އެއްވެސްޝައްކެއްނެތް ގޮތުގައި މިއަދު ވެސް އަޅުގަނޑުމެން ޤަބޫލުކުރާން ޖެހޭނެޙަޤީޤަތަކީ އިނގިރޭސިބަހުން ބޭނުންކުރާ “YOU” ގެ ބަދަލުގައި ދިވެހިބަހުގައި"ކަލޭ" ބޭނުން ނުކުރެވޭކަމެވެ. އަދި ހައްދުންމަތީ ބަހުރުވައިގައިބޭނުންކުރާ "އިނބަ" އަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކޮށް ބޭނުންކުރުމަށް މިއަދު ވެސް އެންމެ އެކަށީގެންވާ ބަދަލުނަމެއްކަމެވެ. ކޮންމެއަކަސް ވާހަކަ ދެކެވޭ ދެވަނަ ފަރާތަށް ބޭނުންކުރާނެ އެކަށީގެންވާބަދަލުނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ނެތްކަމުގެ އުނިކަން މިއަދުއަޅުގަނޑުމެން މިގެންދަނީ އިޙުސާސްކުރަމުންނެވެ. ވީމާ "އިނބަ" ގެހަޤީޤަތެއްކަމަށް ދެންނެވެން އޮތީ "އިނބަ" އަކީ މާލޭ ބަހުރުވައިގައިބޭނުންކުރެވެމުން އައި ބަދަލުނަމެކެވެ. އަދި މިއަށް ވުރެ ވެސް ބޮޑުޙަޤީޤަތަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކުރެވޭ ބަދަލުނަމެއްކަމުގައި މުޖުތަމަޢުން "ކަލޭ" ޤަބޫލުނުކުރާކަމެވެ.
   
ވީމާ "އިނބަ" އަށް ކުރީންވެސް ލިބިފައި އޮތް ޙައްޤު މަޤާމު އަލުން އިޢާދަކުރުމަށް ވިސްނުމަކީ ކޮންކަހަލަ ކަމަކަށް ވާނެބާވައެވެ!؟
---------------------
ނިމުނީ





ހައްދުންމަތީ ބަހުރުވައިން: އުފަން ރަށްވެހިންނަށް އިލްތިމާސެއް
02 މެއި 2011

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު









އިނބައިމެންގެ ރަށަކޫ މިޔޯއޭ ބޮނާށޭ،
       އަފައިމެން މިތަން މޮޅަކެރާން ކަންކެރާށޭ!
              އިނބައިމެން މުސަޅަ ކުއްދުނަށް ކަންވެވޭޅޭ،
                     ނުބައި ކަންތެކާ ދުރަވެ ހޭކަންކެރާށޭ!
އެހެން ރަށްރަށުން އަންނަ މީހުންނަކޫވެސް،
             އަޚުންކަން ބަލައިގެން ޖެހޭޅޭ އެހީވާން
                  ބަހެއް އަދި ބަޔެއްވެސް ނެތޭ ދެރަ ކަލޫނޭ،
                               އަހިން މީ ބޮނަން ހޭ ބަހެއްކަންދެކޭށޭ!
ފަށަންވޫއެ ޚިދުމަތްތެކެއް އަދު ކެރާން،
            ރަށަށް އަދި މި އަތޮޅަށް މޮޅަށް ކަންކެރާން
                 ހަށަންބަނދެ ނުހުރެ ކޮޅަކޮޅަށް ދުވެ ހަދާން،
                              ނަށާން އޮޅުމަކޫވެސް "ކަމެއް"ކަން ދެކޭށޭ!
މި ދުނިޔޭ އެމީހަކު އޮޅެން އިރު ތެދޭ،
           އެދުނިޔޭގެ ހެވަތަށް ތިމާ ށޭ އެދޭ
                    ނިދުން ގިނަނުކޮށް އަމަލުތެއް ގިނަ އެދެން،
                             ވިދުން ކުރިމަގަށް އަންނަ ކަންތެއް ކެރާށޭ!
އެމީހަކު ކެރީ ހޭކަމެއް ވާން އޮތުއްވާ،
           ދެމީހުން ގުޅީގެން ވިޔަސް ވާން އޮތުއްވާ
                    ދެމީ ތަންކޮޅެއްދޫނުކޮށް މުށުތެރޭން،
                            އެކަން ދެމި އޮވެއިތޯ އަބަދުވެސް  އޮޅޭށޭ!
                    -------------------
                       ނިމުނީ







No comments:

Post a Comment