Friday, May 20, 2016

Literature: ހައްދުންމަތީ ބަހުރުވައިން: އުފަން ރަށްވެހިންނަށް އިލްތިމާސެއް



ހައްދުންމަތީ ބަހުރުވައިންއުފަން ރަށްވެހިންނަށް އިލްތިމާސެއް
02 މެއި 2011

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު









އިނބައިމެންގެ ރަށަކޫ މިޔޯއޭ ބޮނާށޭ،
       އަފައިމެން މިތަން މޮޅަކެރާން ކަންކެރާށޭ!              އިނބައިމެން މުސަޅަ ކުއްދުނަށް ކަންވެވޭޅޭ،
                     ނުބައި ކަންތެކާ ދުރަވެ ހޭކަންކެރާށޭ!އެހެން ރަށްރަށުން އަންނަ މީހުންނަކޫވެސް،
             އަޚުންކަން ބަލައިގެން ޖެހޭޅޭ އެހީވާން
                  ބަހެއް އަދި ބަޔެއްވެސް ނެތޭ ދެރަ ކަލޫނޭ،
                               އަހިން މީ ބޮނަން ހޭ ބަހެއްކަންދެކޭށޭ!ފަށަންވޫއެ ޚިދުމަތްތެކެއް އަދު ކެރާން،
            ރަށަށް އަދި މި އަތޮޅަށް މޮޅަށް ކަންކެރާން
                 ހަށަންބަނދެ ނުހުރެ ކޮޅަކޮޅަށް ދުވެ ހަދާން،
                              ނަށާން އޮޅުމަކޫވެސް "ކަމެއް"ކަން ދެކޭށޭ!މި ދުނިޔޭ އެމީހަކު އޮޅެން އިރު ތެދޭ،
           އެދުނިޔޭގެ ހެވަތަށް ތިމާ ށޭ އެދޭ
                    ނިދުން ގިނަނުކޮށް އަމަލުތެއް ގިނަ އެދެން،
                             ވިދުން ކުރިމަގަށް އަންނަ ކަންތެއް ކެރާށޭ!އެމީހަކު ކެރީ ހޭކަމެއް ވާން އޮތުއްވާ،
           ދެމީހުން ގުޅީގެން ވިޔަސް ވާން އޮތުއްވާ
                    ދެމީ ތަންކޮޅެއްދޫނުކޮށް މުށުތެރޭން،
                            އެކަން ދެމި އޮވެއިތޯ އަބަދުވެސް  އޮޅޭށޭ                    -------------------                       ނިމުނީ








No comments:

Post a Comment