Friday, May 20, 2016

Stories: ސާރިދޯޅުގެ ނަސޭހަތް

ސާރިދޯޅުގެ ނަސޭހަތް


އެއްސަރެއްގައި

ދެރަހުމަތްތެރިން:  ދެރަހުމަތެރިން ހިގާލަން ދިޔުން.
ދެރަހުމަތްތެރިން:  މުސްކުޅި ދައިތައަކާ ދިމާވުން،
މުސްކުޅި ދައިތަ:  ހެދުމެއްފަހުމަށް އެދުން،
ދެރަހުމަތްތެރިން:  ހެދުން ފައިދިނުމުން ދައިތައަށް، ބަދަލުގައި ދެވޭނެ އެއްޗަކަށް އެދުން.
މުސްކުޅި ދައިތަ: 12 ގުޅި މާމުތް ދޭނެކަމަށް ބުނުން.
ފަހާމީހާ: އަހަރެން ގެއަށް ގޮސް ދައްތައަށް ހެދުން ފަހައި ދޭނެމެވެ. މިހާރު މާމުތް ހިފައިގެން އަންނާށެވެ.
(މުސްކުޅި ދައިތަ، އެ މީހުންނަށް އިތުބާރުކޮށްފައި މާމުތް ދިނެވެ.)
(މާމުތް ގުޅިތައް ލިބުމުން ދެރަހުމަތްތެރިން ދަތުރަށް ހިގައިގަތެވެ.)
(އިސާހިތަކު ކުޑަ އަވަށް ގަޑަކަށް ދެވުނެވެ. އެ އަވަށުމީހުން ތިބީ އެމީހުންނާ  ދިމާކުރަން އަންނަ ސާރިދޯޅެއްގެ ސަބަބުން ވަރަށް ބިރުގަނެ ދެރަވެފައެވެ.)
(އެ އަވަށުގެ ވެރިޔާ ދެރަހުމަތްތެރިން ގާތު ބުނީ އެރަށުގެ ޖަންގަލި ތެރެއަށް ވަދެހެދުމީ ރައްކާތެރިކަމެއްނޫނެވެ. އެކަމާ ވަރަށް ހިނިއައެވެ.)
ފަހާމީހާ: އެސާރިދޯޅަކަށް އަހަރުމެންނަށް އެއްކަމެއްވެސް ނުކުރެވޭނެ.
މާވަޑި: އަހަރެމެންނަކީ އެކަހަލަ ކިތަންމެ ޖަނަވާރެއް މާރާހަދާފަ ތިބި ބައެއް
( މިވާހަކަތައް އަޑު އެހުމަށް ފަހު)
އަވަށު ކައުންސިލަރު: އެހެންވެއްޖާ ކަލޭމެން އެސާރިދޯޅު މަރާލަދޭންވީނު.
ދެރަހުމަތްތެރިން: ސާރިދޯޅު މަރާލުމުން ކަލޭމެން އަހަރުމެންނަށް ދެވޭނީ ކޮންއެއްޗެއް ހެއްޔެވެ؟
އަވަށު ކައުންސިލަރު: 12 ގަނޑު ރަން ހަދިޔާއެއްގެ ގޮތުގައި ދޭނަމެވެ. އެކަމަކު އެސޮރުގެ ހަންގަނޑު ގެނެސްދޭން ޖެހޭނެއެވެ.
(ކުރީ ފަހަރު މުސްޅި ދައިތަ އަތުން މާމުތް ނެގި ފަދައިން މި އަވަށުމީހުންގެ އަތުންވެސް ރަންތައް ހޯދުމަށް ފަހު ޖަންގަލިތެރެއަށް ވަނެވެ. ސަރިދޯޅުގެ ހަންގަނޑު ހިފައިގެން އަންނާނެ ވަގުތަކަށް ބެލުމަށްޓަކައި އަވަށު މީހުން ނުކުމެތިއްބެވެ.)
(މާދުރަށް ނުދެވިގެން އުޅެނިކޮށް  ވަރަށް ވަރުގަދަ އަޑުފަށް ގަނޑެއް އިވެންފެށިއެވެ. އެއީ އެ އަވަށަށް އުނދަގޫ ކުރާ ބިރުވެރި ސާރިދޯޅެވެ. ހަމަ އެއާ އެކު ކުރިމަތިން ސާރިދޯޅު ފެންނަށް އޮތެވެ.)
(މިސޮރު ފެނުމާއެކު ބިރުން ތެޅިފޮޅިގަތެވެ. ފަހާމީހާ ދުފައި ކައިރީގައި ހުރި ގަހަކަށް އެރިއެވެ. މިއާއެކު މާވަޑިއާ ހޭނެތިގެން ވެއްޓުނެވެ.)
(އެއާއެކު ސާރިދޯޅު މާޑިކައިރިއަށް ގޮސް މާވަޑިޔާގެ ވަސްބަލާހެދިއެވެ. މިތަން ދެކެފައި ގަންބިރުން ފަހާމީހާގެ އަތުގައި އޮތް މާމުތް ގުޅިތައް ވެއްޓުނެވެ. ހަމަ ވެއްޓުމާއެކު ސާރިދޯޅު މާމުތް ބުއިމަށްޓަކައި މާމުތް ގުޅިތައް ކައިރިއަށް އައެވެ.)
(ދެން މަޑުމަޑުން ދެރަހުމަތްތެރިން ސަލާމަތްވުމަށްޓަކައި އަޅައި ދުއްވައިގަތެވެ. ދުރަށް ގޮސް ހަމަޖެހިލުމަށްފަހު، ފަހާ މީހާ އބަ ސުވާލު ކުރެއެވެ.)
ފަހާމީހާ: މާވަދިޔާގެ ކަންފަތް ދޮށުގައި ސާރިދޯޅު ބުނީކީކޭ ހެއްޔެވެ؟
މާވަޑިޔާ: ސާރިދޯޅުބުނީ " ހަންގަނޑު ވިއްކާޅުމުގެ ކުރިން ފުރަތަމަ އަހަރެން ހިފާށެވެ."
މިހެން ބުނުމުން ފަހާމީހާ ހިތައް އެރިއެވެ. އަހަރަމެންނަށް ކަންތައް މިކުރެވުނީ ރަނަގަޅަކަށް ނޫނެވެ.
ދެރަހުމަތްތެރިން:  ހެދުން ފެހުމުގެ ކުރިން މުސްކުޅި ދައިތަ އަތުން މާމުތް ނެގުނުކަން ވަރަށް ދެރައެވެ. އަވަށުމީހުން އަތުން، ސާރިދޯޅު މަރާލުމުގެ ކުރިން ރަންތައް ނެގުނުކަމީވެސް ދެރަކަމެކެވެ.
މިދެރަހުމަތްތެރިންނަށް މި ދިން ނަސޭހަތް ވަރަށް ރަނގަޅަށް އަޑުއަހައި އެ ބަސްކޮޅުން ޢިބްތަތް ލިބިގަތެވެ. އަދި މިއަށް ފަހު މިކަހަލަ ކަމެއް ދުވަހަކުވެސް ނުކުރުމަށް އަޒުމު ކަނޑައެޅިއެވެ.
_______________
ނިމުނީ

No comments:

Post a Comment